ވައްކަމާއި ފޭރުން

އިސްލާމީ މަރުކަޒުގެ ޚައިރާތު ފޮށި ފަޅާލަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

އާމިނަތު ޝިފްލީން
26 ޖޫން 2012 10:50 16 ކޮމެންޓު
  • ޚައިރާތު ފަންޑު ފޮށި ފަޅާލަން އުޅެނިކޮށް ފުލުހުން ރޭ މީހަކު ހައްޔަރު ކުރަނީ.--ފޮޓޯ/ދި އިސްލާމް

  • ޚައިރާތު ފަންޑު ފޮށި ފަޅާލަން އުޅެނިކޮށް ފުލުހުން ރޭ މީހަކު ހައްޔަރު ކުރަނީ.--ފޮޓޯ/ދި އިސްލާމް

  • ޚައިރާތު ފަންޑު ފޮށި ފަޅާލަން އުޅެނިކޮށް ފުލުހުން ރޭ މީހަކު ހައްޔަރު ކުރަނީ.--ފޮޓޯ/ދި އިސްލާމް

  • ޚައިރާތު ފަންޑު ފޮށި ފަޅާލަން އުޅެނިކޮށް ފުލުހުން ރޭ މީހަކު ހައްޔަރު ކުރަނީ.--ފޮޓޯ/ދި އިސްލާމް

އިސްލާމީ މަރުކަޒުގައި ބަހައްޓާފައި ހުންނަ ޚައިރާތު ފަންޑު ފޮށި ފަޅާލަން އުޅުނު ދެ ޒުވާނަކު ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ދީދީ މިއަދު ވިދާޅުވީ އިސްލާމީ މަރުކަޒުގެ ފުރަތަމަ ބުރީގައި ބަހައްޓާފައި ހުރި ޚައިރާތު ފަންޑު ފޮށި ފަޅާލަން ބަޔަކު މަސައްކަތް ކޮށްފައި ވަނީ ރޭ ގާތްގަނޑަކަށް 00: 11 ޖެހިއިރު ކަމަށެވެ. ނަމަވެސް ފުލުހުން ވަނީ ވައްކަން ކުރަން އުޅުނު މީހުންގެ މަސައްކަތް ކާމިޔާބު ނުވަނީސް އެ މީހުން ހައްޔަރުކޮށްފަ އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 22 އަހަރާއި 31 އަހަރުގެ ދެ މީހުންނެވެ. އިސްލާމީ މަރުކަޒުގެ ޚައިރާތު ފޮށި ފަޅާލަން އުޅުނު ސިފައިންގެ މީހަކު މީގެ ކުރިން ހައްޔަރުކޮށް ކޯޓުން މިހާރު ވަނީ އޭނާގެ މައްޗަށް ހުކުމް ވެސް ކޮށްފަ އެވެ.

މުހައްމަދު ދީދީ ވިދާޅުވީ ފަންޑު ފޮށިތައް ހަލާކުކޮށްލުމަށް މީގެ ކުރިން ވެސް ގިނަ ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ފޮށިތައް ވަރުގަދަކަމުން، އެއްވެސް މީހަކަށް މިހާތަނަށް އެކަން ކާމިޔާބު ވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރޭ އެ ފޮށިން ލާރި ނަގަން އުޅެފައި ވަނީ އިލޮށީގައި އަލްޓިކޯ ތެރަސް ލައިގެން، ފޮށީގައި ކަނޑާފައި ހުންނަ ތަނުން އިލޮށި ކޮއްޕައިގެން. އެ މަސައްކަތުން އެ މީހުންނަށް މަދު ފައިސާތަކެއް ލިބިދާނެ. އެކަމަކު ވަރަށް އަވަހަށް އެމީހުން ވަނީ އަތުލައިގެންފައި،" މުހައްމަދު ދީދީ ވިދާޅުވި އެވެ.

މިސްކިތްތަކަށް އެހީ ހޯދުމަށް ގިނަ އަދަދެއްގެ ފަންޑު ފޮށިތަކެއް ބެހެއްޓި ނަމަވެސް އެއިން އެއްވެސް ފޮއްޓަކުން ވައްކަން ކޮށްފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

16 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait