ކުށްކުރުން

ޖުވާ ކުޅެން ތިބި ބަޔަކު ގިނަ އަދަދެއްގެ ފައިސާ އާއެކު ހައްޔަރު ކޮށްފި

އާމިނަތު ޝިފްލީން
27 ޖޫން 2012 12:29 18 ކޮމެންޓު

މާލޭ ގެއެއްގެ ތެރޭގައި ޖުވާ ކުޅެން ތިބި ބަޔަކު، ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެއްޗާއެކު ރޭ ދަންވަރު ހައްޔަރުކޮށްފި އެވެ.

ފުލުސް އޮފީހުން ބުނި ގޮތުގައި މ. އަމީރާމަންޒިލްގައި ޖުވާ ކުޅެން ތިއްބައި، 12 މީހަކު ރޭ ދަންވަރު 2.15 ހާއިރު ފުލުހުން ވަނީ ހައްޔަރު ކޮށްފި އެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެގެއަށް ވަނީ މި ދުވަސްވަރު މާލޭގައި ކުރަމުންދާ ބޮޑެތި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ޝާމިލްވާ މީހުން އެ ވަގުތު އެގޭގައި ތިބި ކަމަށް ބެލެވިގެންނެވެ.

ފުލުސް އޮފީހުން ބުނީ ޖުވާ ކުޅެން ތިއްބައި ހައްޔަރު ކުރީ އުމުރުން 19- 30 އަހަރުގެ ޒުވާނުންތަކެއް ކަމަށެވެ. އަދި އެ މީހުން ހައްޔަރުކޮށް، އެ ގެ ފާސް ކުރި އިރު 24،000 އަށް ވުރެ ގިނަ ރުފިޔާ އާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ހަތަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުސް އޮފީހުން ބުންޏެވެ.

18 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait