މޯލްޑިވްސް މީޑިއާ ކައުންސިލުގެ ކުރިއަށް އޮތް ދައުރަށް ބުރާސްފަތިދުވަހު މެމްބަރުން އިންތިހާބުކޮށްފި އެވެ.
އާޓް ގެލެރީގައި ބޭއްވި މި އިންތިހާބުގައި މީޑިއާ ކައުންސިލަށް މީޑިއާތަކުގެ އިތުރުން އާންމުންގެ ފަރާތުން ވަނީ މެމްބަރުން އިންތިހާބުކޮށްފަ އެވެ.
މީޑިއާތަކުގެ ފަރާތުން ކައުންސިލަށް އިންތިހާބުކޮށްފައި ވަނީ "ހަވީރު"ގެ އިސްމާއީލް ނަސީރު، 62 ވޯޓް، އެމްބީސީގެ މުހަންމަދު އަފްޒަލް، 55 ވޯޓް، ވީޓީވީގެ އިބްރާހިމް ހަލީލް ، 50 ވޯޓް، އަށާވީސް މަޖައްލާގެ އިބްރާހިމް ޒަކީ ، 49 ވޯޓް، މިނިވަން ޑެއިލީގެ ހުޝާމް މުހަންމަދު ، 49 ވޯޓް، ދިޓީވީގެ މިދުހަތު އާދަމް ، 46 ވޯޓް، ސަންއެފްއެމްގެ އަހުމަދު ޒާހިރު (ހިރިގާ) ، 45 ވޯޓް އަދި ރޭޑިއޯ އެޓޯލްއިން އަބްދުﷲ ޝިނާން 43 ވޯޓާ އެކު އެވެ.
ކައުންސިލްގައި މީޑިއާތަކަށް އަށް ގޮނޑި ހާއްސަކޮށްފައިވާއިރު އެ އަށް ގޮނޑި އަށް 15 ފަރާތަކުން ވާދަކުރި އެވެ.
އާންމުންގެ ފަރާތުން މީޑިއާ ކައުންސިލަށް އިންތިހާބުކުރީ މުހަންމަދު އަބްދުﷲ ޝަފީގު ، 54 ވޯޓް، ޖައުފަރު ރަޝީދު ، 52 ވޯޓް، އަބްދުﷲ މުއާޒް ޔޫސުފް ، 51 ވޯޓް، އަލީ ރަޝީދު ، 39 ވޯޓް، ޒިހުނަތު ހަސަން ، 38 ވޯޓް، މުހަންމަދު ނަދީމް ، 38 ވޯޓް، އަދި އަބްދުލް އަޒީޒް ހުސެއިން 29 ވޯޓުންނެވެ.
މި އިންތިހާބުގައި 70 އަށް ވުރެ ގިނަ މީޑިއާތަކުން ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާއިރު 69 ފަރާތަކުން ވަނީ ވޯޓު ދީފަ އެވެ.
މީޑިއާ ކައުންސިލްގެ ދެވަނަ ދައުރަށް މެމްބަރުން އިންތިހާބުކޮށްފައިވާއިރު އެ ކައުންސިލްގެ އާ ރައީސާއި ނާއިބު ރައީސަކު ކަނޑައެޅުން އަންނަ އާދީއްތަ ދުވަހު އޮންނާނެ އެވެ.


ގައުމީ އިއްތިހާދުގެ ޖަލްސާ
12 comments