ކަނޑުމަތީގެ ހާދިސާ

ލ. ހިތަދު އަށް ދަތުރުކުރި ބޯޓެއްގައި ރޯވެ ތިން މީހަކު ފިހިއްޖެ

ފަޒީނާ އަހުމަދު
28 ޖޫން 2012 17:38 3 ކޮމެންޓު

މާލެ އިން ފުރައިގެން ލ. އަތޮޅު ހިތަދު އަށް ދަތުރުކުރަމުން ދިޔަ ބޯޓެއްގައި މިއަދު ހަވީރު އަލިފާން ރޯވެ ތިން މީހަކު ފިހިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު ހަސަން ހަނީފް ވިދާޅުވީ ވ. އަލިމަތާ ރިސޯޓު ކައިރިން، ފުލިދޫ ކަނޑުގައި ދުއްވަމުން ދިޔަ އުޖާލާ ބޯޓުގައި ރޯވެ، ފިހުނު ތިން މީހުންނަށް ފަރުވާ ދިނުމަށް އެ އަތޮޅު ދިއްގިރި ރިސޯޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފިހުނީ ދިވެހިން ކަމެއް އަދި އެ މީހުންނަށް އަނިޔާވީ ކިހާ ވަރަކަށް ކަމެއް އަދި ސާފުނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާތަނަށް އެނގިފައިވާ ގޮތުގައި އެ ބޯޓުގައި އަލިފާން ރޯވީ ގޭސް ފުޅިއެއްގައި ރޯވެގެން ކަމަށެވެ. ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލައިފަ އެވެ. އެ ބޯޓަށް ލިބުނު ގެއްލުން އަދި ސާފެއް ނުވެ އެވެ.

3 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait