ސިޔާސީ

އެމްޑީޕީ "ސީދާ ކުއްލި ހަރަކާތަށް"

08 ޖުލައި 2012 15:26 74 ކޮމެންޓު
  • ސޯސަންމަގާއި އަމީރުއަހުމަދު މަގު ގުޅުނު ހިސާބުގައި ފުލުހުން މުޒާހަރާކުރާ މީހުން ބްލޮކްކޮށްގެން.--ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

  • ފުލުހުން މުޒާހަރާކުރާ މީހުން ބްލޮކްކޮށްގެން މަޖީދިއްޔާ ކައިރީގައި.--ހަވީރު ފޮޓޯ: އަހުމަދު ރިޝާން

  • ފުލުހުން މުޒާހަރާކުރާ މީހުން ބްލޮކްކޮށްގެން މަޖީދިއްޔާ ކައިރީގައި.--ހަވީރު ފޮޓޯ: އަހުމަދު ރިޝާން

  • ސޯސަންމަގާއި އަމީރުއަހުމަދު މަގު ގުޅުނު ހިސާބުގައި ފުލުހުން މުޒާހަރާކުރާ މީހުން ބްލޮކްކޮށްގެން.--ހަވީރު ފޮޓޯ: އަހުމަދު ރިޝާން

  • ސޯސަންމަގާއި އަމީރުއަހުމަދު މަގު ގުޅުނު ހިސާބުގައި ފުލުހުން މުޒާހަރާކުރާ މީހުން ބްލޮކްކޮށްގެން.--ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

ސަރުކާރުގެ އިސްވެރިން ކުށްވެރިކޮށް އެމްޑީޕީގެ ސަޕޯޓަރުން "ސީދާ ކުއްލި ހަރަކާތަށް" ނުކުމެއްޖެ

08-07-2012 18:43 އެއްވުން ރޫޅާލި ފަހުން ނާދީ ކައިރިއަށް އެއްވި މީހުންގެ ތެރެއިން އެކަކު ފުލުހުން ދެންމެ ގެންގޮސްފި
08-07-2012 18:37 އެމްޑީޕީގެ ކުއްލި ހަރާކަތަށް އެއްވި މީހުން ރޫޅާލީ ހައެއްޖަހަން އުޅެނިކޮށް، މަޖީދިއްޔާ ސްކޫލު ކައިރިން. އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ. އެހެން ނަމަވެސް އެއްވުން ރޫޅާލި ފަހުން ވެސް ސޯސަން މަގު ނާދީ ކައިރީގައި ބައެއް މީހުން އެއްވެ އުޅުނު.
08-07-2012 16:51 މަޖީދިއްޔާ ސްކޫލް ތެރެއިން "ބާޣީ، ބާޣީ" ގޮވައިފި
08-07-2012 16:49 މުޒާހަރާގެ ބައެއް ބައިވެރިން ކުރިއަށްދާން އުޅުމުން ފުލުހުން ދުވެފައި އެ މީހުން ފަހައި ގޮސް ދެ މީހަކު ހައްޔަރުކޮށްގެން ވެހިކަލަށް އަރުވައިފި. ފުލުހުން އަނެއްކާވެސް ބެރިކޭޑްތައް އަތުރައިފި. އަދި އަލުން ސަފު ހަދައިފި.
08-07-2012 16:45 މުޒާހަރާކުރާ ތަނުގައި، ބެރިކޭޑްތަކުގެ ފުލުހުންގެ ފަޅީގައި ހުރި މުސްކުޅި ފިރިހެނަކު ފުލުހުންގެ ވެހިކަލަށް އަރުވައިފި. އެމްޑީޕީގެ ސަޕޯޓަރުން ފުލުހުންގެ ބެރިކޭޑްތައް ދުރަށް ލައިފި. އެކަމަކު ކުރިއަށް ދާކަށް ނޫޅޭ. ފުލުހުން މިހާރު ތިބީ ގޯޅިގަނޑު ތެރޭގައި.
08-07-2012 16:20 އެމްޑީޕީގެ މި މުޒާހަރާ ކުރިއަށްދާ އިރު، އެ ސަރަހައްދުގައި ހުންނަ ޓްރޭޑާސް ހޮޓަލުގައި މިއަދު ހަވީރު 4:00 އިން ފެށިގެން، އެމެރިކާގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ހަފްލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި. އެ ހަފްލާގައި އެމެރިކާގެ އެމްބެސެޑަރު ވެސް ބައިވެރިވެވަޑައިގަންނަވާ.
08-07-2012 16:06 ސޯސަންމަގާއި އަމީރުއަހުމަދު މަގު ގުޅުނު ހިސާބުގައި އެއް ބަޔަކު ތިބެފައި އަނެއް ބަޔަކު މަޖިލިސް ދޮށަށް ދާން ނައްޓާލައިފި
08-07-2012 16:06
ސައިކަލުގައި ދިޔަ މީހާ ބްލޮކްކޮށްގެން ބައެއް މީހުން އެއްޗެހި ކިޔާ އިރު އަނެއް ބަޔަކު އޭނާ އަށް ތަން ދައްކަން މަސައްކަތްކުރަނީ.
08-07-2012 15:59 ސައިކަލެއްގައި ދިޔަ އަންހެނަކު ހުއްޓުވައި، އޭނާ އަކީ ސިފައިންގެ މީހެއް ކަމަށް ބުނެ، މުޒާހަރާކުރާ މީހުންގެ ތެރެއިން މީހަކު އަތުން، އޭނާގެ ބޮލުގައި ޖަހައިފި. ސައިކަލުގައި ދިޔަ މީހާ ހުރީ އާދައިގެ ހެދުން ލައިގެން. ފަހުން އޭނާ ދާން ތަން ދެއްކުމުން އެ މީހާ މިހާރު ހިނގައްޖެ.
08-07-2012 15:54 އުސްފަސްގަނޑުން މުޒާހަރާ ފެށި އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި. ނަމަވެސް މިހާރު އެ މަނިކުފާނު ފެންނާކަށް ނެތް.
08-07-2012 15:52 ފުލުހުން މުޒާހަރާކުރާ މީހުން ބްލޮކްކޮށްގެން.
08-07-2012 15:45
ފުލުހުން މުޒާހަރާކުރާ މީހުން ބްލޮކްކޮށްގެން މަޖީދިއްޔާ ކައިރީގައި.
08-07-2012 15:43 މުޒާހަރާކުރާ މީހުން ކައިރިން ލާފައި ސައިކަލްގައި ދިޔަ ސިފައިންގެ މީހެއްގެ ކުރިމައްޗަށް މުޒާހަރާކުރާ މީހުން އަރައި އޭނާ ހުއްޓުވުމަށް ފަހު ފަހަތުން ޔުނިފޯމްގައި ހިފައި އޭނާގެ ގަޔަށް ފުޅިއަކުން ފެން ޖަހައިފި. ސިފައިންގެ މީހާ މިހާރު އެ ސަރަހައްދުން ހިނގައްޖެ.
08-07-2012 15:41 [އަހުމަދު ރިޝާން، މަޖީދިއްޔާ ސްކޫލް ކައިރިން]
ފުލުހުން މުޒާހަރާކުރާ މީހުން ބްލޮކްކޮށްގެން މަޖީދިއްޔާ ކައިރީގައި.
08-07-2012 15:37 މުޒާހަރާގެ ބައިވެރިން ހިނގާފައި ގޮސް ވެލާނާގެއާ އަރާ ހަމަވިއިރު ފުލުހުން އެ މީހުން ފަހަތަށް ޖައްސައި ދެ މީހަކު ހައްޔަރުކުރި ކަމަށްވޭ. ޝީލްޑް ހިފައިގެން ތިބި ފުލުހުން ވަނީ އެ ސަރަހައްދު ދޫކޮށް ދިއުމަށް މުޒާހަރާކުރާ މީހުންނަށް އިންޒާރު ދީފައި. އަދި އެއަށް ފަހު މިހާރު ފުލުހުން ވަނީ މަޖީދިއްޔާ ކައިރިން ސޯސަންމަގާ ހިސާބަށް މީހުން ފަހަތަށް ޖައްސާފައި.
08-07-2012 15:33 ވެރިކަން ބަދަލުކުރީ ބަޣާވާތަކުން ކަމަށް ބުނެ ސަރުކާރުގެ އިސްވެރިން ކުށްވެރިކޮށް އެމްޑީޕީގެ ސަޕޯޓަރުން މުޒާހަރާކުރަމުން އެބަގެންދެ އެވެ. މިއަދު 2:30-3:00 ހާއިރު އުސްފަސްގަނޑުން ފެށި މި މުޒާހަރާ އަކީ "ސީދާ ކުއްލި ހަރަކާތެއް" ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

74 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait