12-07-2012 03:32
މުޒާހަރާ ކުރާ މީހުން ފަހަތަށް ޖައްސައި، ކްރައުޑް ރޫޅާލުމަށް ފަހު ފުލުހުންގެ ސަފުތައް ވެސް ރޫޅާލައި، ބައެއް ފުލުހުން ހަމަޖެހިލައިފި. އެހެން ނަމަވެސް، މުޒާހަރާ ކުރަމުންދާ މީހުން އަނެއްކާ ވެސް އެއްވަމުން އެބަދޭ. އަދި ކުދިކުދި ގުރޫޕުތަކުން މަދުން ނަމަވެސް ގަލާއި ފުޅި އެއްޗެހި ވެސް އުކަމުން ދޭ.
12-07-2012 03:17
މުޒާހަރާގެ ބައިވެރިން ވަރަށް ބޮޑަށް ފަހަތަށް ޖައްސައިފި. ބައެއް މީހުން ޗާންދަނީ މަގުގެ އެއްފަޅިން ރީފްސައިޑާ ހަމައަށް ފަހަތަށް ޖެއްސިއިރު އަނެއްބައި މީހުން ދާރުލް އާސާރާ ހަމައަށް ވަނީ ފަހަތަށް ޖައްސައިފައި. އަދި ބައެއް މީހުން ޔޫރޯ ސްޓޯރު ސަރަހައްދުގައި ވެސް މިހާރު އެބައުޅޭ.
12-07-2012 03:04
ފުލުހުން ރަބަރު ވަޒަން ބޭނުން ކުރި ކަމަށް ބައެއް މީޑިއާތަކުގައި ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފި. ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، އެކަހަލަ ކަމެއް ހިނގާފައި ނެތް ކަމަށް.
12-07-2012 02:36
ދެ ބެރިކޭޑެއްގައި ވަނީ ރޯކޮށްލައިފައި. އޭގެ ތެރެއިން އެއް ބެރިކޭޑްގެ ވަރަށް ބޮޑު ބައެއްގައި އަނދާފައި ހުއްޓާ ސިފައިން ގޮސް ވަނީ ނިއްވާލައިފައި. އަނެއް ބެރިކޭޑްގައި އެހާ ބޮޑަށް ރޮއެއް ނުވޭ.
12-07-2012 02:29
މުޒާހަރާ ކުރާ މީހުން ފުލުހުންގެ ބެރިކޭޑްތަކުގައި ރޯކުރަން ފަށައިފި. ރޯވެފައި ވަނީ ކިތައް ބެރިކޭޑްގައި ކަން އަދި ސާފެއް ނުވޭ
12-07-2012 02:24
ރާއްޖެ ޓީވީގެ ނޫސްވެރިޔާގެ ކޮނޑު ކަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށާއި އޭނާ އަށް މިހާރު ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށް އެ ޓީވީ ސްޓޭޝަނުން ދެންމެ ބުނެފި
12-07-2012 02:23
މިހާރު ކުރަމުންދާ މުޒާހަރާގައި ބައެއް ނޫސްވެރިންނަށް އެކިވަރުގެ އަނިޔާތައް ފުލުހުންގެ ފަރާތުން ލިބެމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި އެއްވެސް ނޫސްވެރިއެއްގެ މަސައްކަތަށް ފުލުހުން ހުރަސް ނޭޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ގޮވާލައިފި. އެ ކައުންސިލުން ފޮނުވި އެސްއެމްއެސްއެއްގައި ބުނެފައި ވަނީ ނޫސްވެރިން ވެސް ޒިންމާދާރު ކަމާ އެކު މަސައްކަތް ކުރުމަށް.
12-07-2012 01:58
މިހާރު މުޒާހަރާ ކުރަމުން ދަނީ ހަމައެކަނި ޗާންދަނީ މަގާއި ފަރީދީ މަގު ހަތަރު އަނގޮޅީގައި. އެ ސަރަހައްދުގައި އެއްވެފައި ތިބި މީހުން ފަހަތަށް ޖެއްސުމުން، މުޒާހަރާގެ ބައިވެރިން އަދިވެސް ދަނީ ގަލާއި ފެން ފުޅި ކަހަލަ އެއްޗެހި ފުލުހުންނާ ދިމާއަށް އުކަމުން. އެ މުޒާހަރާ ރޫޅާލަން އުޅޭ ކަމުގެ އެއްވެސް ނިޝާނެއް އަދި ނެތް
12-07-2012 01:44
މިނިވަން ނޫހުގެ ފޮޓޯގްރާފަރަކަށާއި ރާއްޖެ ޓީވީގެ ކެމެރާމަނަކަށް ފުލުހުން ގަސްތުގައި ހަމަލާދީފައިވާ ނުވާނެ ކަމަށާއި ސެކުއާ ޒޯންގައި ތިބި އެއްވެސް ނޫސްވެރިއަކަށް އެއްވެސް ސިފައެއްގައި ހަމަލާއެއް އައިސްފައި ނުވާނެ ކަމަށް ފުލުހުން ބުނެފި. ފުލުހުންގެ އޮފިޝަލަކު ދެންމެ ހަވީރަށް ވިދާޅުވީ މުޒާހަރާ ކަވަރު ކުރާ ނޫސްވެރިން ތިބީ ފުލުހުންގެ ހިމާޔަތް ލިބިގެން ކަމަށާއި އެ ޒޯންގައި ހަރަކާތްތެރިވާ ހުރިހާ ނޫސްވެރިންނަށް ވެސް މުޒާހަރާ މިނިވަން ކަމާ އެކު ކަވަރު ކުރެވޭނެ ކަމަށް. އަދި ވިދާޅުވީ، އެ ޒޯނުން ބޭރުގައި ނޫސްވެރިޔަކު އުޅެގެން ގެއްލުމެއް ލިބުނަސް، އެއީ ކިހިނެއް ލިބުނު ގެއްލުމެއްކަން ސާފުވާން ވަގުތު ނަގާނެ ކަމަށް. އެހެން ނަމަވެސް، ފުލުހުން ގަސްތުގައި ނޫސްވެރިޔަކަށް ޓާގެޓްކޮށްގެން ހަމަލާދީފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި
12-07-2012 01:39
މިނިވަން ނޫހުގައި މަސައްކަތް ކުރާ ހައިތަމް ނަމަކަށް ކިޔާ ފޮޓޯގްރާފަރަކަށް ވެސް ފުލުހުން ހަމަލާދީފައިވާ ކަމަށް އެ ނޫހުން ބުނެފި. އޭނާ ފޮޓޯ ނަގަން ހުއްޓާ މުގުރުބުރިއަކުން ދެ ކޮނޑުގައި ޖެހި ކަމަށް އޭނާއާ ހަވާލާ ދީ އެ ނޫހުގެ އޮފިޝަލަކު ދެންމެ ވިދާޅުވި. އަދި ހައިތަމް އަށް ފަރުވާދޭން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި.
12-07-2012 01:36
ފުލުހުންގެ ސަފުތައް ޗާންދަނީ މަގު ދިރަގު ކައިރި އަށް ޖެހިއްޖެ. މުޒާހަރާގެ ބައިވެރިން ތިބީ މަޖީދީމަގުގައި
12-07-2012 01:33
ރާއްޖެ ޓީވީގެ ކެމެރާމަނަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ ކަމަށް އެ ޓީވީން ބުނެފި. ޝަނޫން ނަމަކަށް ކިޔާ ކެމެރާމަން ހުރީ ސީގަލް ކައިރީގައި ކަމަށާއި އޭނާ އަށް ފުލުހުން ހަމަލާދިނީ މުގުރުބުރިއަކުން ކަމަށް އެ ޓީވީން ބުނޭ. އަދި އެ ޓީވީގެ ނޫސްވެރިއަކު، ރާއްޖެ ޓީވީގެ ލައިވްގައި ބުނީ، އެއީ ސީދާ ރާއްޖެ ޓީވީގެ ނޫސްވެރިންނަށާއި ކެމެރާމަނުންނަށް ޓާގެޓްކޮށްގެން ދޭ ހަމަލާތަކެއް ކަމަށް.
12-07-2012 01:29
ދިރާގު ކައިރިންނާއި މެދުޒިޔާރަތް ކައިރިން އެކި ފުލުހުންނަށް އެކިވަރުގެ އަނިޔާ މިރޭ ވެސް ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް ފުލުހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެއްޖެ. އަދި އޭނާ ވިދާޅުވީ، މިއީ ސުލްހަވެރި މުޒާހަރާތަކެއް ނޫން ކަމަށް.
12-07-2012 01:22
މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ރާއްޖެ ޓީވީގެ ކެމެރާމަނަކަށް އަނިޔާވެއްޖެ. އަދި ބައެއް ފުލުހުންނާއި
ުމުޒާހަރާގެ ބައެއް ބައިވެރިންނަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިއްޖެ ކަމަށް ވޭ.
މިހާރު އެމްޑީޕީ މީހުން ވަނީ މަޖީދީ މަގާ ހަމައަށް ފަހަތަށް ޖައްސާފައި.
12-07-2012 01:19
މެދު ޒިޔާރަތް ކުރިމައްޗަށް އެއްވި އެމްޑީޕީގެ އަންހެނުންގެ ތެރައިން މިވަގުތު އެހިސާބުގައި
ތިބީ ކުރިއަށް ވުރެ ވަރަށް މަދު ބައެއް. އެ ހިސާބުން މީހުން ދިޔައީ ރޫޅާލަން ވަކި މަސައްކަތެއް
ފުލުހުން ވެސް އަދި ސިފައިން ވެސް ކުރުމެއް ނެތި. މެދު ޒިޔާރަތް ކުރިމަތީގައި ބައެއް އަންހެނުން
ައިށީދެލަައިގެން އެބަ ތިބި.
12-07-2012 01:17
ފުލުހުން އެމްޑީޕީ މީހުން ރޫޅާލަން ދިޔަ އިރު ސިފައިން ވެސް ވަނީ އެ ހިސާބުގައި ރުކުރުވާލާފައި.
މިހާރު މުޒާހަރާގެ ބައިވެރިން އެވިންސް ފިހާރައާ ހަމައަށް ދުރަށް ޖައްސައިފި. އެކަމަކު އަދިވެސް
ކޮންމެވެސް ވަރަކަށް ގާ އުކަމުން ދޭ.
12-07-2012 01:14
ފުލުހުން މިހާރު ވަނީ މުޒާހަރާ ރޫޅާލަން ފަށާފައި. އެގޮތުން އެމްޑީޕީ މީހުން ތިބި ދާރުލް އާސާރާ ހަމައަށް ފުލުހުން ވަނީ ޖެހިފައި. މުޒާހަރާގެ ބައިވެރިން އެ ހިސާބު ދޫކޮށް ދުރަށް ޖެހިއްޖެ. ފުލުހުން ދުއްވާގަތުމުގެ ކުރިން
ވަނީ މުޒާހަރާގެ ބައިވެރިންނާ ދިމާއަށް ގާ ވެސް އުކާފައި.
12-07-2012 01:00
ފުލުހުން މިހާރު އިންޒާރު ދެމުން ދަނީ މިހާރު މިއީ ސުލްހަވެރި އެއްވުމެއް ނޫން ކަމަށް ބުނެ.
މިހާރު ފުލުހުން ތިބީ ދާރުލް އާސާރު ކައިރީގައި ތިބި އެމްޑީޕީ މީހުންނާ ދިމާއަށް ދާން ތައްޔާރުވެގެން.
ފުލުހުންނާ ދިމާއަށް ގާ އުކާ ބައެއް މީހުން ތިބެނީ މޫނު ނިވާކޮށްގެން. ހަމަނުޖެހުންތަކުގައި ބައެއް މީހުންނަށް
އަނިޔާ ވެއްޖެ ކަމަށް ވެސް ވޭ.
12-07-2012 00:53
ޗާނދަނީ މަގުގައި ތިބި އެމްޑީޕީ މީހުން ފުލުހުންނާއި ދިމާއަށް ގާ އުކަމުން އެބަ ގެންދޭ. ދާރުލް
އާސާރާ ހަމާގައި ތިބެފައި ގާ އުކާ މީހުން ސީގަލް ކެފޭއާ ހަމައަށް އައިސް ގާ އުކަމުންދާ ކަމަށް
ހަވީރުގެ ރިޕޯޓަރުން ބުނޭ. ފުލުހުން މިހާރު ދަނީ އެއްވުން ރޫޅާލަން ތައްޔާރުވަމުން.
12-07-2012 00:50
އަންހެނުންގެ މުޒާހަރާގެ ތެރޭގައި އިރުކޮޅަކު މަޑުކުރެއްވުމަށް ފަހު ނަޝީދު މިހާރު ވަނީ
އެ ސަރަހައްދުން ވަޑައިގެންފައި.
12-07-2012 00:41
އަންހެނުންގެ މުޒާހަރާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފި. އެއްވެސް
އެއްޗެއް ވިދާޅުނުވެ އެމަނިކުފާނު އެބަ ހުންނެވި. ނަޝީދު ގެންދަވަނީ ދޭތެރެ ދޭތެރެއިން
މުޒާހަރާގައި ބައިވެރިވެވަޑައިގަންނަވަމުން.
12-07-2012 00:24
އެމްޑީޕީ އަންހެނުންގެ ކުރިމައްޗަށް ފުލުހުން މިހާރު ޖަމާވެއްޖެ. ބެލެވެނީ ފަހަތަށް
ޖައްސަން ނުވަތަ ރޫޅާލަން އުޅޭހެން. ފުލުހުން އިންޒާރު ދެނީ އަޑުގަދަ ކުރާ
ބޭނުންނުކުރަން އެދި.
12-07-2012 00:07
މެދު ޒިޔާރަތް ދޮށަށް އެއްވެ ތިބި އެމްޑީޕީ އަންހެން ވެރިން ގޮވަމުން ދަނީ ބިރު
ނުގަންނާނެ ކަމަށާއި ބިރު ފަހަނައަޅައި ކަމަށް. އެ ހިސާބަށް ސިފައިން
މިހާރު ވަނީ މޫދަށް ހޮޅި ގުޅާފައި. އެމްޑީޕީ އަންހެންވެރިން ސީދާ ހަރަކާތުގައި
ބޭއްވީ މިރޭ އޮތް އަންހެނުންގެ ރޫހުގެ ބައްދަލުވުމަށް ފަހު
12-07-2012 00:03
މެދުޒިޔާރަތް ކައިރީގައި އެމްޑީޕީގެ އަންހެނުން ކުރަމުންދާ މުޒާހަރާ ރޫޅާލަން އުޅޭކަމުގެ ނިޝާންތައް އެބަފެނޭ. އެ ސަރަހައްދުގައި ފެން ހޮޅިތައް ގުޅުމުގެ މަސައްކަތް ކުރަމުން އެބަދޭ. ފުލުހުންގެ ބަދަލުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ ސިފައިން. މުޒާހަރާ ކުރާ ބައެއް އަންހެނުން ތިބީ ވިއްސާރަކޯޓު ލައިގެން. އަދި ބައެއް މީހުން ބުނަނީ "ފެންޖަހާނެ ކަމެއް ނެތް" ކަމަށާއި "ލޮނުޖެހިއްޔާ މާ ރަނގަޅު" ކަމަށް.
11-07-2012 23:41
ދިރާގު ސަރަހައްދުގައި "ރެސްޓް"ގައި ތިބި ބައެއް ފުލުހުން ބާރުބާރަށް ލަވަކިޔަމުން ވެސް އެބަ ދޭ
11-07-2012 23:41
ދިރާގު ސަރަހައްދުގައި ލައިން ހުރަސްކުރި މީހަކު ހައްޔަރުކޮށްފި
11-07-2012 23:40
އެމްޑީޕީގެ މުޒާހަރާ ތިން ސަރަހައްދެއްގައި ކުރަމުން އެބަދޭ. ދިރާގު ސަރަހައްދުގެ އިތުރުން އެސްޓީއޯ ޓްރޭޑް ސެންޓަރު ސަރަހައްދުގައި ވެސް ބަޔަކު ތިބެގެން މުޒާހަރާ ކުރަމުން އެބަދޭ. މީގެ އިތުރުން މެދުޒިޔާރަތް ކައިރީގައި އެމްޑީޕީގެ އަންހެނުން ވެސް މުޒާހަރާ ކުރަމުންދޭ. އެ ސަރަހައްދުގައި ސިފައިން ވެސް ހަރަކާތްތެރިވޭ. އަދި އެ ސަރަހައްދުގައި ކުރަމުންދާ މުޒާހަރާ ރޫޅާލުމަށް ޓަކައި ފެން ޖަހަން ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފައި. އެ ހިސާބުގައި ފެން ހޮޅިތަކެއް އެބައޮތް.
22:00- އެމްޑީޕީން ފަށާފައިވާ ސިލްސިލާ "ކުއްލި ހަރަކާތް މިރޭ ވެސް ކުރިއަށް އެބަދެ އެވެ. މިއީ އެމްޑީޕީ މުޒާހަރާގެ ހަތަރު ވަނަ ރެ އެވެ.
މުޒާހަރާ މިރޭ އިރާކޮޅު އެސްޓީއޯ ޓްރޭޑް ސެންޓަރު ކައިރިން ރޫޅާލި ފަހުން، އެކި މީހުން ބައިބައިވެ، މިރޭ 9 ޖަހާކަންހާއިރު އަނެއްކާ ވެސް ވަނީ އެއްވެފަ އެވެ. މުޒާހަރާ ކުރާ އެއް ބަޔަކު ތިބީ ދިރާގުގެ މައި އޮފީސް ކަންމަތީގައި ޗާންދަނީ މަގު ހަތަރު އަނގޮޅި ކަންމަތީގަ އެވެ.
މިރޭގެ މުޒާހަރާގައި މީގެ ކުޑަ އިރުކޮޅެއް ކުރިން ކުރީގެ ރައީސް މުހަންމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. އެހެން ނަމަވެސް، ފުލުހުން ތިބީ ދިރާގު ސަރަހައްދުން ޖުމްހޫރީ މައިދާނާ ހަމައަށް ދެން އޮތް މަގުތައް ބަންދުކޮށްލައިގެންނެވެ.
މި ސަރަހައްދުގައި ހުންނަވާ މަޖިލިހުގެ މެމްބަރު އަހުމަދު ސަމީރު ވިދާޅުވީ މުޒާހަރާކުރުމަކީ ގާނޫނު
އަސާސީން ލިބިދޭ ހައްގެއް ކަމަށާއި އެކަމަށް ހުރަސް ނޭޅުމަށެވެ. އަދި އާންމުންނަށް ފުލުހުން އަނިޔާކުރުން ހުއްޓާލުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
ސަމީރު ވިދާޅުވި ގޮތުގައި ގާނޫނު އަސާސީއާ ޚިލާފަށް ފުލުހުން ކުރާ ކަންކަމަށް ފިޔަވަޅު ވެސް އަޅުއްވާނެ އެވެ. އަދި ފުލުހުން ކުރާ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް އޭނާ ގޮވާލެއްވި އެވެ.
ޗާނދަނީ މަގުގައި އެއް ފަހަރަކު ބެރިކޭޑްތައް، މުޒާހަރާގެ ބައިވެރިން ދުރަށް ވެސް ލި އެވެ. އެކަމަކު ސްޕެޝަލް ފޯސަސްގެ ފުލުހުން އެތަން ހަމަޔަކަށް އަޅުވާ ކުރިން ވެސް އެ އެއްޗެހި
ހުރި ތަނުގައި ބެހެއްޓި އެވެ. އެމްޑީޕީ މީހުން ފޮނުވާލާކަށް ފުލުހުން މަސައްކަތެއް ނުކުރެ އެވެ.
39 comments