ޚަބަރު

ތޫނު ހަތިޔާރުން މާރާމާރީ ހިންގަން އުޅުނު ހަތަރު މީހެއްގެ މައްސަލަ ޕީޖީ އަށް

ފަޒީނާ އަހުމަދު
12 ޖުލައި 2012 14:37
  • މާރާމާރީ ހިންގި ސަރަހައްދެއް ފުލުހުން ބަންދުކޮށްފައި: މާލޭގެ މަގުތަކުގައި މާރާމާރީ ހިންގަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހެއްގެ މައްސަލަ ވަނީ ޕީޖީ އަށް ފޮނުވާފައި --ހަވީރު ފައިލް ފޮޓޯ

ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާ އެކު މާލޭގެ މަގުތަކުގައި މާރާމާރީ ހިންގަން އުޅުނު ކަމަށް ތުހުމަތުކުރެވޭ 16 އަހަރުގެ ކުއްޖަކާއި ތިން މީހެއްގެ މައްސަލަ ތަހުގީގުކުރުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުސް އޮފީހުން ބުނީ މާރާމާރީގެ ތުހުމަތުގައި ދައުވާކުރަން މީގެ ހަފުތާއެއްހާ ދުވަސްކުރިން ފޮނުވާފައި ވަނީ ކުޑަކުއްޖެއްގެ އިތުރުން މއ. ބޯޅަކިންކިރިމާގޭ، އަހުމަދު އައިމަން 18 އާއި މ. ފެންގަސްދޮށުގޭ، މުހައްމަދު މުފްރިހް 18 އާއި ހ. ހެޕީވިލާ އިރުފާން އަބްދުއް ރައްޒާގު ،21 ގެ މައްޗަށް ކަމަށެވެ.

އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މެއި މަހުގެ 18 ވަނަ ދުވަހުގެ ރޭ ދަންވަރު މަގުތަކުގައި ގްރޫޕް ހަދައިގެން ހަތިޔާރު ހިފައިގެން މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި