އެމްޑީޕީން ފަށާފައިވާ "ސީދާ ހަރަކާތް" ގެ އެއްވުމެއް މިއަދު ވެސް މެންދުރު ފަހުން ވަނީ ފަށާފައި. އެއްވުމުގެ ބައިވެރިން މިހާރު ތިބީ ޗާންދަނީމަގުން ދިރާގު ކަންމަތީގައި. މި ބައްދަލުވުމުގައި ދޭތެރެދޭތެރެއިން ކުރީގެ ރައީސް މުހަންމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގަންނަވާ.
14-07-2012 01:53
މުޒާހަރާ ރޫޅުމުން މިހާރު މުޒާހަރާގެ ބައިވެރިންގެ މިސްރާބު ހުރީ ޗާންދަނީމަގާ މަޖީދީމަގާ ގުޅުނު ކަންމައްޗަށް.
14-07-2012 01:49
އެހެން ރޭތަކާ ހިލާފަށް މިރޭ މުޒާހަރާ ރޫޅާލާފައި ވަނީ ބާރުގެ ބޭނުން ނުކޮށް. ބޮޑަށް ބެލެވޭ ގޮތުގައި ރަޔަޓް ފުލުހުންތައް ވެހިކަލްތަކުގައި ނުކުތުމުން އޭގެ ފަހަތުން ބައެއް މީހުން ދުއްވައި ގަތުމާއެކު މުޒާހަރާ ރޫޅުނީ. އެހެން ނަމަވެސް ބައެއް މީހުން ފަހަތުން ފުލުހުން ދުވި މަންޒަރު ފެނިފައިވޭ
14-07-2012 01:45
ދިރާގު ކައިރިން ދުއްވާފައި ދިޔަ ފުލުހުންގެ ޖިޕަކާ ދިމާލަށް ގާ އުކައިފި. މުޒާހަރާ މިހާރު ވަނީ ރޫޅިފައި
14-07-2012 01:42
ރަޔަޓް ފުލުހުންތަކެއް ދެ ވެހިކަލެއްގައި ޖުމްހޫރީ މައިދާނާ ދިމާލުން ނުކުމެގެން ޗާންދަނީމަހުން ދުއްވާލުމުން ބައެއް މީހުން އެ ވެހިކަލްތަކުގެ ފަހަތުން ދުއްވައިގެންފި. އެހެން ނަމަވެސް ދިރާގު ކަންމަތީގައި އަދިވެސް ކޮންމެވެސް ވަރަކަށް މުޒާހަރާ ކުރާ މީހުން އެބަތިބި
14-07-2012 01:36
މުޒާހަރާ ރޫޅި އެކި ސަރަހައްދުތަކަށް މީހުން ބެހިފައިވާ ކަމަށް "ހަވީރު" ގެ ނޫސްވެރިން ބުނޭ
14-07-2012 01:35
ވެހިކަލްތަކަށް ގާ އުކި މީހުން ފޭދޫ އެމްޑީޕީ އޮފީސް ތެރޭގައި ކަމުގެ ތުހުމަތުގައި ގިނަ އަދަދެއްގެ ފުލުހުންތަކެއް އެ އޮފީހުގެ ތެރެއަށް ވަދެއްޖެ. ފުލުހުން ދަތުރުކޮށްފައި ދިޔަ ވެހިކަލެއްގެ ބިއްލޫރިގަނޑު ވަނީ ތަޅާލާފައި
14-07-2012 01:28
އެމްޑީޕީ އޮފީސް ތެރޭގައި ހުންނެވި ފޭދޫ ކައުންސިލަރު އަހުމަދު މިރުޒާގާއި އިތުރު ދެ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި. އެމްޑީޕީ އޮފީސް ތެރެއިން ފުލުހުންގެ ހެލްމެޓެއް ވެސް ފެނުނު ކަމަށް އައްޑޫގައި ހުރި "ހަވީރު" ގެ ނޫސްވެރިޔާ ބުނޭ
14-07-2012 01:17
ވެހިކަލްތަކަށް ގާ އުކި މީހުން ފޭދޫ އެމްޑީޕީ އޮފީސް ތެރޭގައި ކަމުގެ ތުހުމަތުގައި ގިނަ އަދަދެއްގެ ފުލުހުންތަކެއް އެ އޮފީހުގެ ތެރެއަށް ވަދެއްޖެ. ފުލުހުން ދަތުރުކޮށްފައި ދިޔަ ވެހިކަލެއްގެ ބިއްލޫރިގަނޑު ވަނީ ތަޅާލާފައި
14-07-2012 01:17
ވެހިކަލްތަކަށް ގާ އުކި މީހުން ފޭދޫ އެމްޑީޕީ އޮފީސް ތެރޭގައި ކަމުގެ ތުހުމަތުގައި ގިނަ އަދަދެއްގެ ފުލުހުންތަކެއް އެ އޮފީހުގެ ތެރެއަށް ވަދެއްޖެ. ފުލުހުން ދަތުރުކޮށްފައި ދިޔަ ވެހިކަލެއްގެ ބިއްލޫރިގަނޑު ވަނީ ތަޅާލާފައި
14-07-2012 01:05
ޕީޕީއެމް ގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން އައްޑޫ ހިތަދޫގައި މިރޭ ބޭއްވި ޖަލްސާއަށް ފަހު މައުމޫނާއި އެ މަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބައެއް ބޭފުޅުން ދަތުރުފުޅު ކުރެއްވި ކާރަށް ބަޔަކު ގާ އުކައިފި. އެ ވެހިކަލްތަކަށް ގާ އުކާފައި ވަނީ ފޭދޫ ލިންކް ރޯޑުގައި ހުންނަ އެމްޑީޕީ އޮފީސް ކުރިމަތިން. މި މައްސަލާގައި މިހާރު ވަނީ ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް އަދި ސާފެއް ނުވޭ
14-07-2012 00:56
އަޑުގަދަކުރާ ބޭނުންކުރާނަމަ މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރު ފުލުހުން އަނެއްކާ ވެސް ދީފި. މުޒާހަރާގެ ބައިވެރިން މިހާރު ވަނީ ނާސްތާ ގޯޅިއަށް ވުރެ ބޮޑަށް ކުރިއަށް ޖެހިލާފައި
14-07-2012 00:53
މުޒާހަރާ ކުރާ މީހުންގެ ތެރެއިން ޒުވާނަކު މިހާރު ދަނީ ފުލުހުންނާ މުހާތަބުކޮށް އަޑުގަދަކުރާއިން ވާހަކަ ދައްކަމުން
14-07-2012 00:51
މުޒާހަރާ ކުރާ މީހުން އަނެއްކާ ވެސް ކުރިއަށް ޖެހެން ފަށައިފި
14-07-2012 00:34
ރަޔަޓް ފުލުހުން އަނެއްކާ ވެސް ފަހަތަށް ޖެހިލައިފި
14-07-2012 00:28
ގިނަ އަދަދެއްގެ ރަޔަޓް ފުލުހުން މިހާރު ވަނީ ފްރެޝް އެއާ ޝޮޕްގެ ކަންމަތީގައި ސަފަކަށް އެތުރިފައި. ބެލެވޭ ގޮތުގައި ފުލުހުން މިހާރު ތައްޔާރުވަނީ މުޒާހަރާ ރޫޅާލަން
14-07-2012 00:21
މުޒާހަރާ ކުރާ މީހުން ދިރާގު ކަންމައްޗާ ހަމައަށް ފަހަތަށް ޖައްސައިފި. މުޒާހަރާ ތެރެއިން އެއްލި ގަލަކުން ޖެހި ފުލުހެއްގެ އަތް ފަޅައިގެން ދިއުމުން އޭނާ ގެންގޮސްފި ކަމަށް ނޫސްވެރިން ބުނޭ
14-07-2012 00:09
ދަންވަރު 12 ގެ ފަހުން އަޑުގަދަކުރާ ބޭނުން ނުކުރަން ފުލުހުން އަންގައިފި. އަޑުގަދަކުރާ ބޭނުންކުރާ ނަމަ އެކަން ހުއްޓުވާނެ ކަމުގެ އިންޒާރު ފުލުހުން މިހާރު ވަނީ ދީފައި. އެހެން ނަމަވެސް މުޒާހަރާކުރާ މީހުން ދަނީ އަޑުގަދަކުރާ ބޭނުން ކުރަމުން
13-07-2012 23:49
މުޒާހަރާ ކުރާ މީހުން މިހާރު ތިބީ ނާސްތާ ގޯޅިގަނޑާ ހިސާބުގައި. ފުލުހުން ވެސް އެ ހިސާބުގައި އެތުރިގެން އެބަތިބި
13-07-2012 23:42
ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިސްވެ ހުންނަވައިގެން މުޒާހަރާގެ ބައިވެރިންނާއެކު އަނެއްކާ ވެސް ކުރިއަށް ޖެހެން ފަށައިފި
13-07-2012 23:34
އެމްޑީޕީގެ މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަމުން ދިޔައިރު ފުލުހުންގެ ޝީލްޑަކުން ޖެހި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ފަޔަށް އަނިޔާވެފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ.
13-07-2012 23:32
ރައަޓް ގިއަރުގައި ތިބި ފުލުހުން ދިއުމުން އެމްޑީޕީ މެމްބަރުން ވަނީ ބެރިކޭޑްތައް
އެއް ފަރާތްކޮށްފައި. ބެރިކޭޑްތައް މިހާރު ހުރީ ޕޭވްމަންޓް މަތީގައި އަތުރާފައި
13-07-2012 23:30
ދިރާގު ކަންމަތީގައި ހުރި ބެރިކޭޑްތައް ކައިރިން ޝީލްޑް ހިފައިގެން ތިބި ފުލުހުން މިހާރު
ވަނީ ފަހަތަށް ޖެހިފައި. ބެރިކޭޑްތަައް ކުރިއަށް ޖައްސާ ނަމަ ފުލުހުން އެއަށް ރިއެކްޓްކުރޭ.
އެކަމަކު މިރޭ އަދި ބާރުގެ ބޭނުންކުރާ ތަނެއް ނުފެނޭ.
13-07-2012 23:23
ފުލުހުން ވަނީ އެމްޑީޕީ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައި. އެއީ ބާރުގެ ބޭނުންކުރަން
ނުޖެހި، ފުލުހުން އެދުނު އެދުމަށް ފަހަތަށް ޖެހުނީ ކަމަށް ބުނެ. މިހާރު ފެން ހޮޅި ވެސް
އެހިސާބުން ނަގައިފި. އަނެއްކާވެސް އެމްޑީޕީގެ މެމްބަރުން ދިރާގު ކަންމަތީގައި ތިބެގެން
ދަނީ އަޑުއުފުލަމުން. އެމްޑީޕީން މައިގަނޑު ގޮތެއްގައި ގޮވަމުން ދަނީ މިހާރު އޮތީ ބާޣީ
ސަރުކާރެއް ކަމާއި ސަރުކާރު އިސްތިއުފާ ދިނުމަށް. އަދި އަވަސް އިންތިޚާބަކަށް.
13-07-2012 23:17
މިހާރު ސިފައިން ގެންދަނީ ލޮނު ޖެހުމަށް ހޮޅި އަޅަމުން. މިފަހުން އެމްޑީޕީގެ ބައެއް
މުޒާހަރާތައް ރޫޅާލަން ލޮނު ޖަހާފައިވޭ. އެގޮތުން އެމްޑީޕީގެ އަންހެނުން ރައީސް އޮފީސް
ކައިރީގައި ބޭއްވި އެއްވުމުގައި ލޮނު ޖެހި ގޮތުން އެމްޑީޕީން އެކަން ވަރަށް ބޮޑަށް
ކުށްވެރިކުރި.
13-07-2012 23:15
އެމްޑީޕީގެ ބައިވެރިން މިހާރު ވަނީ ކުރިން ތިބި ދިރާގު ކަންމައްޗާ ހަމައަށް ޖައްސާފައި.
އިތުރު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަން ފެނިފައިވޭ.
13-07-2012 23:13
ފުލުހުން މިހާރު ދަނީ ފަހުގެ އިންޒާރާ އެކު އެމްޑީޕީގެ ބައިވެރިން ފަހަތަށް
ޖައްސަމުން. އެގޮތުން ދެ މީހަކު މިހާރު ވަނީ ފުލުހުން ހައްޔަރުކޮށްފައި. ފުލުހުންނާ
ދިމާއަށް ކޮންމެވެސް ވަރަކަށް އެއްޗެހި އުކަމުންދާ ކަމަށް، ރިޕޯޓަރުން ބުނޭ.
13-07-2012 23:09
ސީދާ ހަރަކާތުގެ ބޭނުމަކީ، އެމްޑީޕީން ބުނާ ގޮތުގައި، ސަރުކާރު ވައްޓާލުން
ނުވަތަ އަވަސް އިންތިޚާބެއް އިއުލާންކުރަންދެން ކުރިއަށް ގެންދިއުން. މިރޭ ކުރިއަށްދާ
އެއްވުމުގައި މިހާރު އެމްޑީޕީ މީހުން ދިވެހި ދިދަތައް ހިފައިގެން ފުލުހުންނާ
ދިމާއަށް ދަނީ ކުރިއަށް ޖެހެމުން. ފުލުހުން މިހާރު ދަނީ ފަހުގެ އިންޒާރު ދެމުން.
13-07-2012 23:08
މުޒާހަރާގެ ބައިވެރިން ކުރިއަށް ޖެހެމުންދާއިރު މުޒާހަރާގައި ބައިވެރިވާ މީހަކު ދަނީ ލޭޒާ ބަޑިއަކުން ފުލުހުންގެ ލޮލަށް އިރުއިރުކޮޅާ އަލި އަޅުވަމުން ކަމަށް ހަވީރުގެ ނޫސްވެރިން ބުނޭ
13-07-2012 23:05
ހަވީރުންސުރެ އެމްޑީޕީން ފެށި މުޒާހަރާގައި ޖަމާވެގެން ތިބީ ދިރާގު ކަންމަތީގައި.
ހަވީރުގެ ރިޕޯޓަރުން ބުނާ ގޮތުގައި އެމްޑީޕީ މެމްބަރުން މިހާރު ދަނީ މަޑުމަޑުން
ބެރިކޭޑް ކުރިއަށް ޖައްސަމުން އޯކިޑް މަގާއި ޗާނދަނީ މަގާ ގުޅުނު ކަންމައްޗަށް ދާން
މަސައްކަތްކުރަމުން. ފުލުހުން ތިބީ ތައްޔާރީ ހާލަތެއްގައި. އެންމެ ފުރަތަމަ މުޒާހަރާ
ފެށިގެން އައި ދުވަސްކޮޅު އެމްޑީޕީން އެއްވަމުން ދިޔައީ ރީފް ސައިޑް ކައިރީގައި.
13-07-2012 23:00
ކުރީގެ ރައީސް ނަޝީދު މިރޭ ވެސް ވަނީ މުޒާހަރާގެ ބައިވެރިންނާ ބައްދަލުކުރައްވާފައި. އެކަމަކު ކުޑަ އިރުކޮޅަކު މަޑުކުރައްވާފައި އެނބުރި ވަޑައިގަތީ. މިހާރު ފުލުހުން ތިބީ ރީފް ސައިޑް ކަންމަތީގައި. އެމްޑީޕީ މެމްބަރުން ކުރިއަށް ޖެހެމުންދޭ. މިދިއަ ތިން ރޭ އެމްޑީޕީ މެމްބަރުން ތިބީ ދިރާގު ކަންމަތީގައި.
13-07-2012 22:56
ދިރާގު ކައިރީގައި އަތުރާފައި ހުރި ބެރިކޭޑްތައް ކުރިއަށް ޖައްސަމުން މުޒާހަރާގެ ބައިވެރިން ކުރިއަށް ޖެހެނީ. އަދި ފުލުހުން ވެސް ވަނީ ކުރިއަށް ޖެހެން ފަށާފައި
36 comments