ވައްކަމާއި ފޭރުން

ހިނގާފައި ދިޔަ މީހެއްގެ އަތުން 15،000ރ. ފޭރިގެންފި

އާމިނަތު ޝިފްލީން
14 ޖުލައި 2012 16:05 11 ކޮމެންޓު
  • ދަރުބާރުގެ ފުރަގަސް: މި ސަރަހައްދުން ހިނގާފައި ދިޔަ މީހެއްގެ އަތުން ބަޔަކު ވަނީ 15،000ރ ފޭރިގެންފައި. -- ހަވީރު ފައިލް ފޮޓޯ

އިއްޔެ ހަވީރު މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ އަތުން ބަޔަކު 15،000ރ ފޭރިގެންފި އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އިއްޔެ ހަވީރު ދަރުބާރުގޭ ފުރަގަހުން ހިނގާފައި ދިޔަ މީހެއްގެ އަތުގައި އޮތް ވޮލެޓަކުން ބަޔަކު 15،000ރ ފޭރިގެންފައިވަނީ މާރާމާރީ ހިންގައި ބިރު ދެއްކުމަށް ފަހުގައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މީހާގެ އަތުން ފޭރިފައިވަނީ އެ ވަގުތު އުސް ފަސްގަނޑުގައި ތިބި މީހުންގެ ތެރެއިން ނުކުތް ތިން މީހެއް ކަމަށް ވަނީ އެނގިފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އަދި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުސް އޮފީހުން ބުންޏެވެ.

11 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait