15-07-2012 01:19
މުޒާހަރާގައި ބޭނުންކުރި ބެރިކޭޑްތަކެއް ގޯޅިއެއްގެ ތެރޭގައި ހުއްޓާ ފުލުހުން ހޯދައިގެން ގެންގޮސްފި. އަދި ފުލުހުން ވަނީ މުޒާހަރާ ކުރި ސަރަހައްދުގައި އެމްޑީޕީގެ ދިދައެއްގެ ދަށުގައި ބަހައްޓާފައި އޮތް ދެ ސިރިންޖާއި މިރުސް ޕެކެޓްތަކެއް ވެސް ނޫސްވެރިންނަށް ދައްކައިފައި
15-07-2012 00:52
ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
15-07-2012 00:43
މުޒާހަރާގެ ބައިވެރިންގެ ފަހަތުން ފުލުހުން ބާރަށް ދުވެފައި ގޮސް، ދިރާގު ކައިރިން މުޒާހަރާގެ ބައިވެރިން ފައްސާލައިފި. މުޒާހަރާގެ ބައިވެރިން ވަނީ އެކި ސަރަހައްދުތަކަށް ބައިބައިވެފައި. އެހެން ނަމަވެސް، މުޒާހަރާ ކުރި ސަރަހައްދާ މާ ދުރުނޫން ހިސާބުތަކުގައި ގުރޫޕު ހަދައިގެން އެ މީހުން އެބަތިބި
15-07-2012 00:41
ސިފައިން ވެސް ޝީލްޑާ އެކު ބައެއް ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދޭ. މުޒާހަރާ ކުރަމުން ދިޔަ މީހުން ފުލުހުން މިހާރު ދަނީ ފަހަތަށް ޖައްސަމުން
00:15- އެމްޑީޕީން ފަށާފައިވާ ސީދާ ހަރަކާތުގެ ސިލްސިލާގެ ދަށުން މިރޭ ކުރިއަށް ގެންދާ މުޒާހަރާގެ އެންމެ ކުރީ ސަފުގައި ކުރީގެ ރައީސް މުހަންމަދު ނަޝީދު ހަރަކާތްތެރިވެ ވަޑައިގަންނަވަމުން އެބަ ގެންދަވަ އެވެ. އެމަނިކުފާނު ވަނީ މިރޭ ދެ ފަހަރެއްގެ މަތިން، އެމަނިކުފާނުގެ ސެކިއުރީޓީއާ އެކު މުޒާހަރާގައި ހަރަކާތްތެރިވެ ވަޑައިގެންފަ އެވެ. އޭގެ ތެރެއިން އެއްފަހަރަކު، އެއްވެފައި ތިބި ބަޔަކު ފުލުހުންގެ ބެރިކޭޑްތައް ނަގަން ފެށުމުން ފުލުހުން ގޮސް ޕެޕާސްޕްރޭ ޖެހިއިރު ރައީސް ނަޝީދުގެ މޫނަށް ވެސް އޭގެ އަސަރު ކުރި ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެ އެވެ. ބައެއް މީހުން ބުނެފައި ވަނީ "ރައީސް ނަޝީދުގެ ލޮލަށް ފުލުހުން ގަސްތުގައި ޕެޕާ ސްޕްރޭ ޖެހީ" ކަމަށެވެ. އެހެން ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލު އެކަން ދޮގު ކުރައްވަ އެވެ.
"ބެރިކޭޑްތައް ނަގަން އުޅުމުގެ ތެރޭގައި އެތަން ހަލަބޮލިވެގެން ޕެޕާ ސްޕްރޭ ޖެހި. އަޅުގަނޑުމެންނަކަށް ނޭނގޭ ރައީސް ނަޝީދަށް އޭގެ އަސަރު ކުރި ކަމެއް ވެސް ނޫން ކަމެއް ވެސް. މުޒާހަރާގެ ތެރޭގައި އެމަނިކުފާނު ހުންނެވި ނަމަ އަސަރު ނުކުރާނެއެކޭ ނުދަންނަވާނަން. އެކަމަކު ފުލުހުން ސީދާ އެމަނިކުފާނުގެ މޫނަށް ގަސްތުގައި ޕެޕާ ސްޕްރޭއެއް ނުޖަހާ،" މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
އެހެން ރޭރެއެކޭ ވެސް އެއްގޮތަށް އެމްޑީޕީން މިރޭ ވެސް އެއްވެފައި ވަނީ ޗާންދަނީ މަގާއި ފަރީދީ މަގު ގުޅުނު ކަންމައްޗަށެވެ. މިހާރު ވެސް މުޒާހަރާ ކުރިއަށް އެބަދެ އެވެ.
75 comments