އެމްޑީޕީގެ ސީދާ ހަރަކާތް

އެމްޑީޕީން މިރޭ ވެސް މުޒާހަރާކޮށްފި

15 ޖުލައި 2012 22:37 37 ކޮމެންޓު
  • މިރޭގެ މުޒާހަރާގައި ރައީސް ނަޝީދު އާއި މާރިޔާ. -- ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް

  • މިރޭގެ މުޒާހަރާގައި ދިރާގު ކައިރި އަށް މީހުން އެއްވެފައި. -- ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް

  • މިރޭގެ މުޒާހަރާގައި ދިރާގު ކައިރި އަށް މީހުން އެއްވެފައި. -- ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް

  • މުޒާހަރާގައި ފުލުހުންގެ ސަފުތައް ކުރިއަށް ޖެހުނު އިރު ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ފުލުހުންގެ ސަފު ތެރޭގައި. -- ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް

16-07-2012 04:05 މުޒާހަރާ މިހާރު ވަނީ ނިމިފައި. އެމްޑީޕީ މީހުން ވަނީ މުޒާހަރާކުރި ސަރަހައްދުގައި ހުރި ކުނިތައް ކަހާ، އެއް ކައިރި އަށް ޖައްސާފައި. ހައެއްކަ މީހުން ދިރާގު ކަންމަތީގައި ތިއްބަސް އެހެން އެންމެން ވަނީ އެތަނުން ގޮސް. ފުލުހުން ވެސް ވަނީ ޖުމްހޫރީ މައިދާނާ ހަމައަށް ފަހަތަށް ޖެހިފައި.
16-07-2012 03:54
މުޒާހަރާކުރި މީހުން ތިބި ހިސާބުުން ފުލުހުންނަށް ފެނުނު، މޮހޮރު ޖަހާފައި އޮތް އަލުވި
16-07-2012 03:49 ހައެއް މީހުން މަގުމަތީ ތިބެގެން އަދިވެސް އެބަ އަޑު ގަދަކުރޭ. މުޒާހަރާގެ ބައެއް މީހުން ދަނީ އަމިއްލަ އަށް މަގުމަތި ސާފުކުރަމުން
16-07-2012 03:48
ޒަހަމްތަކާ އެކު ފުލުހުން މުޒާހަރާ ތެރެއިން ހައްޔަރުކުރި މީހާ
16-07-2012 03:44 ކޮންމެވެސް ވަރަށް މީހުން އުޅުނަސް މުޒާހަރާ ވަނީ ރޫޅިފައި. ފުލުހުން ތަންތަން ފާސްކުރުމުގެ ތެރޭގައި ވަނީ މޮހޮރު ޖަހާފައި އޮތް އަލުއްވަކާއި ސިރިންޖެއް ހޯދާފައި
16-07-2012 03:29 ދާދި ދެންމެއަކު ފުލުހުން ވަނީ އިށީނދެ ތިބި މީހުންގެ ތެރެއިން މީހަކު ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކުރީ އިންޒާރު ވެސް ދިނުމަކާ ނުލައި. ފުލުހުން ބުނާ ގޮތުގައި އޭނާ ހައްޔަރުކުރީ އޭނާގެ އަތުގައި ކަޓަރެއް އޮތް ކަމަށް އިންޓެލިޖެންސުން މައުލޫމާތު ލިބިގެން. އޭނާގެ ބަނޑުގައި ތިން އިންޗިއެއް ވަރު ވަނީ ކަފާލައިފައި. އެކަމަކު އޭނާ އަތުން ކަޓަރެއް ނުފެނޭ. ފުލުހުން ލަފާކުރަނީ އެއީ އަމިއްލަ އަށް ވީ ޒަޚަމެއް ކަމަށް. އޭނާ ހުރީ ރާ ބޮއިގެން ކަމަށް ފުލުހުން ބުނޭ. މިހާރު މީހުން ވަރަށް މަދު. އިށީދެގެން ތިބީ ފަސްވަރަކަށް މީހުން. އަނެއް މީހުން ފުލުހުން ހިނގައިގަތުމުން ދާރުލް އާސާރާ ހަމައަށް ހިނގައްޖެ. ފުލުހުން އެމީހުންގެ ތެރޭގައި ހިނގާލާފައި އެބަ އުޅޭ.
16-07-2012 01:21 އަޑު ގަދަކުރުން ހުއްޓާލަން ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް ހުއްޓާލާފައި ނުވާތީ، އަޑުގަދަކުރާ އަތުލަން ތައްޔާރުވަމުންދާ ކަމަށް ފުލުހުން ބުނެފި
16-07-2012 01:12 މުޒާހަރާގެ ބައެއް ބައިވެރިން މަގުމަތީ އިށީނދެގެން. -- ހަވީރު ފޮޓޯ: އަހްމަދު ރިޝާން
16-07-2012 01:09 ރައީސް ވަހީދެއް، ނަޝީދެއް އަދި މައުމޫނެއް ވެސް ބޭނުން ނުވާ ކަމަށާއި ބޭނުންވަނީ އިންތިހާބު އަވަސްކޮށް ރައްޔިތުންގެ ހައްގު ހޯދަން ކަމަށް ވެސް މުޒާހަރާގެ ބައެއް މީހުން ދެންމެ ގޮވައިފި
16-07-2012 01:05 މުޒާހަރާ ތެރެއިން ފުލުހުން މީހަކު ހައްޔަރުކުރަނީ. -- ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް
16-07-2012 01:03 ރައީސް ނަޝީދު މިހާރު މުޒާހަރާ ތެރެއިން ފެންނާކަށް ނެތް
16-07-2012 01:02 ބައެއް މީހުން މިހާރު ތިބީ ދިރާގާ ދިމާލުން ޗާންދަނީ މަގުގައި އިށީނދެގެން. ދޭތެރެ ދޭތެރެއިން ދަނީ އަޑުގަދަކުރާ ވެސް ބޭނުންކުރުމުން. އެ ބޭނުން ނުކުރަން ފުލުހުން އަނެއްކާ ވެސް އަންގައިފި
16-07-2012 00:34 މުޒާހަރާގައި އަޑުގަދަކުރާ ބޭނުންކުރުން ހުއްޓާލައިފި
16-07-2012 00:30 މީގެ އިރުކޮޅެއް ކުރިން އެމްޑީޕީގެ ސްޕޯކްސް ޕާސަން އިންތި މުޒާހަރާގައި ވިދާޅުވީ ނަޝީދުގެ މޫނަށް ޕެޕަ ސްޕްރޭ ނުޖަހާ ކަމަށް ބުނެފައި ވަނިކޮށް ހަގީގަތް ހާމަވެއްޖެ ކަމަށް. އަދި ފުލުހުން އަނިޔާކުރިޔަސް އެކަން ވާނީ ވަގުތީ ކަމަކަށް ކަމަށާއި މައުމޫން ސަރުކާރުގެ އަނިޔާތައް ބެލުމަށް އދ. އިން ވެސް ގޮވާލާފައިވާ ކަމަށް
16-07-2012 00:29 އަޑުގަދަކުރާ ބޭނުން ނުކުރުމަށާއި އެ ބޭނުންކުރާ ހުއްޓުވާނެ ކަމަށް ފުލުހުން އަނެއްކާވެސް ބުނެފި
16-07-2012 00:07 12ގެ ފަހުން އަޑު ގަދަކުރާ ބޭނުން ނުކުރުމަށް ފުލުހުން އަންގައިފި. އަދި 12ގެ ފަހުން އެގޮތައް އަމަލުކޮށްފި ނަމަ ހުއްޓުވާނެ ކަމަށް ވެސް ބުނި. ނަމަވެސޗ މުޒާހަރާގައި ދަނީ އަޑުގަދަކުރާ ބޭނުންކުރަމުން
15-07-2012 23:42 ދިރާގާ ހިސާބަށް ފުލުހުން އަނެއްކާ ވެސް ކުރިއަށް ޖެހިއްޖެ.
15-07-2012 23:32 ފުލުހުންގެ ސަފުތައް މަޑުމަޑުން ފަހަތަށް ޖައްސަނީ.
15-07-2012 23:29 އިހަވަންދޫ ދާއިރާގެ މެންބަރު ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ފުލުހުން ތިބީ ބަޣާވާތް ކޮށްގެން ކަމަށާއި ބަޣާވާތް ކުރުމުގެ އަދަބަކީ މަރަށް މަރު ކަމަށް. އެހެންވެ ބަޣާވާތްކުރި ފުލުހުން އުމުރަށް ޖަލަށް ދާންޖެހޭނެ ކަމަށާއި އޭގެ ކުރިން މައާފަށް އެދި ވެރިކަން ހަވާލުކުރުމަށް ގޮވާލާ ކަމަށް ވިދާޅުވި
15-07-2012 23:27
މުޒާހަރާގައި ދިދަ ވިހުރަނީ
15-07-2012 23:04 މިހާރު ދަނީ ލަވަ ޖަހަމުން. ގައުމީ ދިދަ އާއި އެމްޑީޕީގެ ދިދަ ވަރަށް ގިނައިން އެބަ ގެންގުޅޭ
15-07-2012 22:52
މުޒާހަރާގެ ތެރެއިން
15-07-2012 22:47 މުޒާހަރާގެ ބައިވެރިން މިހާރު ވަނީ ދިރާގާ ހިސާބަށް ފަހަތަށް ޖައްސާފައި. ބައެއް މީހުން ބުނަމުން ދަނީ ފުލުހުން ބިންމަތީ ޝީލްޑް ޖަހަމުން ކުރިއަށް ދިޔައިރު ޝީލްޑުން ފައިގައި ޖެހި އަނިޔާވި ކަމަށް
15-07-2012 22:46
އަނިޔާވި މީހާ ބިންމަތީގައި އޮށޯވެގެން.
15-07-2012 22:43 މުޒާހަރާ ތެރެއިން މުސްކުޅި އަކަށް އަނިޔާވެއްޖެ. އޭނާ އަށް ވީގޮތެއް ނޭނގެ. ފުލުހުން އެ މީހާ އަށް އެހީ ވަނިކޮށް ފެނުނު
15-07-2012 22:43 ފުލުހުންނަށް އެއްބާރުލުން ދީ، މުޒާހަރާގެ ބައިވެރިން ދިރާގާ ހިސާބަށް ފަހަތަށް ޖެހެން ފުލުހުން އަންގައިފި. ފުލުހުންގެ ސަފުތައް ކުރިއަށް ޖެހެމުން ދާއިރު މުޒާހަރާގެ ބައިވެރިން ދަނީ މަޑުމަޑުން ފަހަތަށް ޖެހެމުން. ފުލުހުންނަށް ހުރަސްއެޅި އެކަކު ހައްޔަރުކޮށްފައި ވާއިރު ފުލުހުންނާ ދިމާލަށް އެއްޗެހި ވެސް އުކާ
15-07-2012 22:40 އެހެން ރޭރެ އަށް ވުރެ މިރޭ މުޒާހަރާގައި މީހުން ގިނަ ކަމަށް ފެނޭ. މުޒާހަރާގައި މިރޭ ވެސް ގޮވަމުން ދަނީ އިންތިހާބު އަވަސްކުރުމަށް. އަދި "މަގޭ ވޯޓް ކޮބައިހޭ" ވެސް ގޮވަމުން ދޭ.
އެމްޑީޕީން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގައި މިރޭ ވެސް ޗާންދަނީމަގަށް އެއްވެ ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުން އެބަ ގެންދެ އެވެ. ޗާންދަނީ މަގާއި އޯކިޑް މަގު ގުޅޭ ކަންމައްޗަށް މިއަދު ހަވީރުން ފެށިގެން މީހުން އެއްވާން ފަށާފައި ވާއިރު ދާދި ދެންމެ ކުރީގެ ރައީސް ނަޝީދާއި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވަނީ އުސް ފަސްގަނޑުގައި ތިއްބެވުމަށް ފަހު މުޒާހަރާއާ ގުޅިވަޑައިގެންފަ އެވެ. އަދި ޗާންދަނީ މަގުން އައިސް، ފުލުހުންގެ ބެރިކޭޑްތައް ހުރަސްކޮށް ދިއުމާ އެކު ފުލުހުން މިހާރު ވަނީ ޗާންދަނީ މަގު ރީފް ސައިޑާ ހިސާބުން ބަންދުކޮށްފަ އެވެ.

37 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait