މާވަހަރު

ޓެސްޓަށް ފޮނުވި ހަތަރު މާވަހަރު ވެސް މާވަހަރަކަށް ނުވި

ފަޒީނާ އަހުމަދު
17 ޖުލައި 2012 15:42 38 ކޮމެންޓު
  • ރ. ދުވާފަރު ދޯންޏަކުން ހޮވާފައިވާ 150 ކިލޯ އަށް ވުރެ ބަރު މާވަހަރު: އެ މާވަހަރު ވެސް އަދި ނުވިކޭ --ހަވީރު ކިޔުންތެރިއެއްގެ އެމްއެމްއެސް ފޮޓޯ

ރާއްޖޭގެ އެކި ހިސާބުތަކުން ފަހަކަށް އައިސް ބޮޑެތި މާވަހަރުތަކެއް ފެނުނު ކަމަށް ބެލެވުނު ނަމަވެސް އޭގެ ތެރެއިން ގިނަ އެއްޗިއްސަކީ މާވަހަރު ނޫން ކަން ޔަގީން ވެއްޖެ އެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި ވިޔަފާރި ހިންގާ ކުންފުންޏަކުން ބުނީ މާވަހަރު ވިއްކާލުމަށް ޓަކައި، އެ ކުންފުންޏާ ޑީލްކުރި ހަތަރު މާވަހަރެއް ޓެސްޓުކޮށްފައިވާ ކަމަށެވެ. ފްރާންސަށް ފޮނުވައިގެން ޓެސްޓުކުރުމަށް ފަހު، ލިބުނު ނަތީޖާ އިން އެއީ މާވަހަރު ނޫން ކަން ކަށަވަރުވެފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"މާވަހަރުތޯ ބަލަން މިހާތަނަށް ފޮނުވި ހަތަރު ސާމްޕަލް ވެސް ރިޖެކްޓްކޮށްފައި ވަނީ. ނަތީޖާ އިން ދައްކަނީ އެއީ މާވަހަރު ނޫން ކަމަށް،" އެ ކުންފުނިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.

ށ. ފީވަކު ދޯންޏަކުން މިދިޔަ ހަފުތާގައި ހޮވި 300 ކިލޯއަށް ވުރެ ބަރު މާވަހަރު ޔަގީންކުރުމަށް މިހާރު ވަނީ ސައުދީ އަރަބިއްޔާ އާއި ލަންކާ އާއި ދުބާއީ އަށް ވެސް ސާޕްމަލް ފޮނުވައިފަ އެވެ. އަދި ރ. ދުވާފަރު ދޯންޏަކުން ހޮވި 180 ކިލޯގެ މާވަހަރު ވެސް މިހާރު ވަނީ ޓެސްޓުކުރަން ފޮނުވައިފަ އެވެ.

މި އަހަރުގެ ތެރޭގައި އެކި ރަށްރަށުން ވަނީ ދިހަވަރަކަށް މާވަހަރު ހޮވައިފަ އެވެ. އޭގެ ތެރެއިން މިހާތަނަށް ވިކިފައި ވަނީ މަދު މާވަހަރެކެވެ. އެހެން "މާވަހަރުތައް" ނުވިކި ހުރީ ކޮން ސަބަބަކާ ހުރެ ކަމެއް އެ ފަރާތްތަކުން ނުބުނެ އެވެ. ހޮވިތާ ހަތަރު ފަސް މަސްވެފައިވާ މާވަހަރު ވެސް އަދި ނުވިކި އެބަހުއްޓެވެ.

މާވަހަރު ކަމަށް ބެލެވިގެން ނަގައި، ރައްކާކުރާ އެއްޗެހި މާވަހަރަށް ނުވާއިރު އެއީ ކޮންއެއްޗެއްކަން އަދި ވަނީ ޔަގީން ނުވެފަ އެވެ.

38 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait