ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ބައިވެރި ނުވެވޭ ރިއާސީ އިންތިހާބެއްގައި އެމްޑީޕީން ބައިވެރި ނުވުމަށް އެ ޕާޓީގެ ގަައުމީ މަޖިލީހުން މިރޭ ފާސްކޮށްފި. އުސްފަސްގަނޑުގައި އޮތް ޖަލްސާ އަށް ފަހު ރައީސް ނަޝީދާއި ޕާޓީގެ އިސް ބައެއް ބޭފުޅުން ވަނީ އެމްޑީޕީ ސީދާ ހަރަކާތުގެ މުޒާހަރާއާ ގުޅިވަޑައިގެންފައި
19-07-2012 01:09
މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފުލުހުންނާ ދިމާލަށް ކުކުޅު ބިސް އުކަމުންދާ ކަމަށް ފުލުހުން ބުނެފި. ނަމަވެސް މުޒާހަރާގައި މީހުން މަދުވެ، ބައިބައި ވަމުން ގޮސް މުޒާހަރާ ވަނީ ރޫޅިފައި. ފުލުހުން ބުނީ މުޒާހަރާ ކޮންޓްރޯލްކުރުމުގެ ތެރޭ އެއްވެސް މީހަކަށް އަނިޔާ ވެސް ނުވާ ކަމަށް
19-07-2012 00:03
މުޒާހަރާ ރޫޅާލަން ޖެހިދާނެ ކަމުގެ އިންޒާރު ފުލުހުން ދޭން ފަށައިފި. 12ގެ ފަހުން އަޑުގަދަކުރާ ބޭނުން ނުކުރުމަށް ފުލުހުން ވަނީ އަންގާފައި
18-07-2012 23:34
ކޮންކްރީޓް ހަތަރު ބެރިކޭޑް ބަހައްޓާފައި ހުރި އިރު ދެ ބެރިކޭޑް ވަނީ މުޒާހަރާކުރާ މީހުން ގެންގޮސްފައި. ތިން ވަނަ ބެރިކޭޑްގައި ވެސް ވާޖެހުމަށް ދަނީ ތައްޔާރުވަމުން
18-07-2012 23:26
ފުލުހުން ބަހައްޓާފައި ހުރި ކޮންކްރީޓް ދެ ބެރިކޭޑެއްގައި، މުޒާހަރާކުރާ މީހުން ވާޖަހައި ދަމާފައި ގެންގޮަސްފި
18-07-2012 22:59
މަގު ބަންދުކުރުމަށް އެހެން ރޭރޭ ފުލުހުން ބޭނުންކޮށްފައި ހުންނަނީ ޕްލާސްޓިކް ބެރިކޭޑް ނަމަވެސް މިރޭ ބަހައްޓާފައި ހުރީ ކޮންކްރީޓް ބެރިކޭޑްތަކެއް
18-07-2012 22:59
އުސް ފަސްގަނޑުގައި އޮތް ޖަލްސާ އަށް ފަހު ރައީސް ނަޝީދު އާއި ޕާޓީގެ އިސް ބޭފުޅުން މުޒާހަރާއާ ގުޅިވަޑައިގެންފި. އެހެން ރޭތަކާ އެއްގޮތަށް، ޗާންދަނީ މަގުން ދިރާގާވީ ދިމާލަށް އެއްވެފައި ތިބި މީހުންނާ އެކު ނަޝީދު ގެންދަވަނީ މުޒާހަރާގައި ބައިވެެރިވެ ވަޑައިގަންނަވަމުން
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ބައިވެރި ނުވެވޭ ރިއާސީ އިންތިހާބެއްގައި އެމްޑީޕީން ބައިވެރި ނުވުމަށް އެ ޕާޓީގެ ގަައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގިރިފުށީގައި ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލަޔާ ގުޅިގެން ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރުމަށް ކޯޓަށް ފޮނުވުމާ ގުޅިގެން އެކަމާ މެދު ގޮތެއް ނިންމުމަށް އުސްފަސްގަނޑުގައި މިރޭ ކުރިއަށް ގެންދާ ގައުމީ މަޖިލީހުގެ ޖަލްސާގައި މިގޮތަށް ފާސްކޮށްފައި ވަނީ ހާޒިރުވެ ވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުންނެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު ހުށަހެޅުއްވި ގަރާރެކެވެ.
ގައުމީ މަޖިލީހުގެ މެންބަރުން މިރޭ އިއްތިފާގުވެފައި ވަނީ ކުރިން ހިނގާފައިވާ އެތައް މައްސަލައެއް ހުއްޓާ ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވުމަކީ ނަޝީދު ރިއާސީ އިންތިހާބުގައި ވާދަކުރިޔަ ނުދޭން ކުރި އެޅި ފިޔަވަޅެއް ކަމަށެވެ.
މިރޭގެ ބައްދަލުވުމުގައި އެމްޑީޕީން ވަނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމު ހުސްވެފައި ވާތީ އެ މަގާމަށް ޝާޒްލީ ޝަފީގު އައްޔަންކޮށްފަ އެވެ. އޭނާ އައްޔަންކުރީ ގައުމީ މަޖިލީހުގެ އިއްތިފާގުންނެވެ.
ރައީސް ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ހުޅުމާލޭ ކޯޓަށް ފޮނުވުމުން އެ ކޯޓުން މިއަދު ވަނީ އެއީ އެ ކޯޓަށް އިހްތިސާސް ނެތް މައްސަލައެއް ކަމަށް ބުނެ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ. އަބްދުﷲ ގާޒީ ބަންދުކުރި މައްސަލާގައި ދައުވާ ލިބޭ ހުރިހާ ބޭފުޅުންގެ މައްޗަށްވެސް އުފުލާފައިވަނީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުންނެވެ. އެއީ ކުށެއްނުކުރާ މީހަކު ގާނޫނާއި ހިލާފަށް ބަންދުކުރުމުގެ ކުށުގެ ދައުވާ އެވެ. މި ކުށުގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ 2،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.
39 comments