ސިޔާސީ މަގާމުތައް

ހައުސިން މިނިސްޓްރީ އަށް ސްޓޭޓް މިނިސްޓަރެއް ހަމަޖައްސައިފި

އަލީ ޔޫސުފް
19 ޖުލައި 2012 13:23 17 ކޮމެންޓު
  • ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު

  • ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ޑރ. އިސްމާއިލް ޝަރީފް

މިނިސްޓަ އޮފް ސްޓޭޓް ފޯ ހައުސިން އެންޑް އިންފްރާސްޓްރަކްޗާކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބުދަ ދުވަހު ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަލަށް ހަމަޖެއްސެވީ މ. އަނދުންކޮށީގެ ހަސަން ރަޝީދެވެ.

ހަސަން ރަޝީދަކީ ރައްޔިތުން މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދުގެ އެއްބަފާ ބޭބެ އެވެ.

ސްޓޭޓް މިނިސްޓަރެއްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމަށް ވެސް ވަނީ ބޭފުޅަކު ހަމަޖައްސަވާފަ އެވެ. މި މަގާމަށް ހަމަޖައްސަވާފައި ވަނީ ގ. ކެތީރޯޒް ޑރ. އިސްމާއިލް ޝަރީފް އެވެ.

17 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait