ސިވިލް ސާވަންޓުންގެ މުސާރަ

މުވައްޒަފުންގެ މުސާރައިން އުނިކުރި ބައި މި މަހުން ފެށިގެން ދޭން އަންގައިފި

އަބްދުﷲ ޖަމީލު
19 ޖުލައި 2012 14:46 8 ކޮމެންޓު
  • ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންތަކެއް އޮފީހުގައި މަސައްކަތްކުރަނީ: އުނިކުރި މުސާރައާއި އިނާޔަތްތައް މިމަހުން ފެށިގެން ދޭން ވަނީ ނިންމާފައި. ހަވީރު ފައިލް ފޮޓޯ

ސިވިލްސާވިސްގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތުން ކުރީގެ ސަރުކާރުން އުނިކުރި ބައި މި މަހުން ފެށިގެން އަހަރު ދުވަހުގެ ތެރޭގައި ދީ ނިންމުމަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

ފައިނޭންޝަލް ކޮންޓްރޯލަ މުހައްމަދު އަހުމަދު ސޮއިކުރައްވައި ބުދަ ދުވަހު ނެރުނު ސާކިއުލާއެއްގައި ވަނީ ޖެނުއަރީ ،1 2010 އިން ޑިސެމްބަރު ،31 2010 އަށް ސިވިލްސާވިސްގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތުން އުނިކުރި ފައިސާ މިމަހުން ފެށިގެން އަނބުރާ ދިނުމަށް ސަރުކާރުން ހަމަޖައްސާފައިވާތީ އެގޮތަށް އަމަލުކުރުމުގައި ސަރުކާރުގެ އޮފީސްތަކުން އަމަލުކުރަންވާނެ ގޮތްތަކެއް ހަމަޖައްސައިފަ އެވެ.

އެ ސާކިއުލާގައި ބުނެފައި ވަނީ އެ ފައިސާ ދޫކުރަންވާނީ މިދިޔަ ޖެނުއަރީން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް އެ މުވައްޒަފަކު ވަޒީފާއަދާކުރި އިދާރާއަކުން ކަމަށެވެ. އަދި އެ ފައިސާދޫކުރަން ވާނީ އެ އޮފީހަކަށް މިއަހަރަށް ކަނޑައެޅުނު ބަޖެޓްގެ ތެރެއިން ކަމަށް ވެސް ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނެފައި ވަނީ އެގޮތަށް އަހަރީ ބަޖެޓްގެ ކޯޑުގެ ތެރެއިން ހަމަޖެއްސެން ނެތް ނަމަ އެ ފައިސާއެއް ހަމަޖައްސާނީ އެ އެ އޮފީހެއްގެ ބަޖެޓްގެ އެހެން ކޯޑުތަކުން ނުވަތަ މަސްއޫލު އޮފީހުގެ ދަށުން ހިނގާ ހުރިހާ އޮފީސްތަކުގެ ބަޖެޓްތަކުގެ ތެރެއިން ބަދަލުކުރުމަށް އެ މިނިސްޓްރީގެ ނެޝަނަލް ބަޖެޓް ސެކްޝަނަށް ހުށަހަޅައިގެން އެ ބަދަލެއް ގެނައުމަށްފަހު ކަމަށެވެ.

8 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait