އެމްޑީޕީ މުޒާހަރާ

ހާމިދު އަބްދުލް ޣަފޫރު ހައްޔަރުކޮށްފި

އަހުމަދު ހަމްދޫން
22 ޖުލައި 2012 11:41 20 ކޮމެންޓު
  • މުލަ ރޯދަ ދުވަހު ހަވީރު އެމްޑީޕީން ބޭއްވި އެއްވުމުގައި ހާމިދު ބައިވެރިވެ ވަޑައިގަންނަވަނީ: އޭނާ ހައްޔަރުކުރީ އިއްޔެ.---ހަވީރު ފޮޓޯ: އިބްރާހިމް ފާއިދު

އިދިކޮޅު އެމްޑީޕީން އިއްޔެ ހަވީރު މާލޭގައި ބޭއްވި އެއްވުމުގެ ތެރޭގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން އިންޓަނޭޝަނަލް، ހާމިދު އަބްދުލް ޣަފޫރު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އިއްޔެ ހަވީރު އެމްއެމްއޭ ކައިރީގައި އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން ހާމިދު ހައްޔަރުކުރީ ފުލުހުންގެ ބެރިކޭޑް ފަޅާލައި އެތެރެއަށް ވަނުމުން ކަމަށެވެ.

"ބެރިކޭޑް ފަޅާލައި ފުރަތަމަ ފަހަރު ވަނުމުން ނަސޭހަތް ދީފައި ދޫކޮށްލުމުން އަނެއްކާ ވެސް ބެރިކޭޑް ފަޅާލައި އެތެރެއަށް ވަނީ. އެހެންވެ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން ހާމިދު ހައްޔަރުކުރީ،" ފުލުހުން ބުންޏެވެ.

އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހާމިދުގެ އިތުރުން އެމްޑީޕީގެ "ސީދާ ހަރަކާތުގެ" އެހެން މީހުން ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކާއި ފުލުހުންގެ ގާނޫނާއި ގަވާއިދުތަކާއި ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ވެސް ހިލާފަށް، ހާލަތާ ނުބައްދަލު، އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްގެން ކަމަށެވެ.

"ފުލުހުން ގާނޫނު އަސާސީ އާއި ހިލާފަށް ހިންގަމުން މި ގެންދާ ލާއިންސާނީ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލުމަށް މި ޕާޓީން ތަކުރާރުކޮށް ގޮވާލަމެވެ. އަދި މި ފަދަ ލާއިންސާނީ އަމަލުތަކަށް ފާރަވެރިވެ، އެ އަމަލުތައް ހުއްޓުވުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް މި ޕާޓީން ހަރުއަޑުން ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

20 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait