ކާށިދޫގައި ޑިއުޓީގައި އުޅެނިކޮށް ރޭ މަރާލި ފުލުހުންގެ ލާންސްކޯޕްރަލް އާދަމް ހަލީމް (އެޑަމް) ގެ ތިން މަހުގެ ދަރިފުޅަށް 100،000ރ. ހަދިޔާ ކުރަން އަމިއްލަ ފަރާތަކުން ނިންމައިފި އެވެ.
މީޑިއާގައި ނަން ހާމަކުރަން ބޭނުން ނުވާ އެ ފަރާތުން "ހަވީރަ" ށް މިއަދު ވިދާޅުވި ގޮތުގައި 100،000ރ. ހަދިޔާ ކުރަނީ 20 މަހަށް ބަހާލައިގެންނެވެ. އެ ގޮތުން މަހަކު 5،000ރ. އެ ތުއްތު ދަރިފުޅަށްޓަކައި ހަދިޔާ ކުރާނެ ކަމަށް އޭނާ ބުންޏެވެ.
"މިއީ އެ ތުއްތު ކުއްޖާއަށްޓަކައި ކޮށްދޭ ކަމެކޭ. ބައްޕައެއް ނެތުމުން ކުއްލި ގޮތަކަށް އެ ކުއްޖާ އަށާއި އެ އާއިލާއަށް ވަރަށް ބޮޑު ނިކަމެތިކަމެއް ލިބޭނެ. އެހެންވެ އަޅުގަނޑުމެން ކޮށްދޭ ކަމެއް މިއީ،" އާދަމްގެ ދަރިފުޅަށް ފައިސާގެ އެހީ ދޭން ނިންމި ފަރާތުން ބުންޏެވެ.
އުމުރުން 26 އަހަރުގެ އާދަމް މިއަދު ހަވީރު ވަނީ ރަސްމީ އިއްޒަތުގައި ގަލޮޅު ސަހަރާގައި ވަޅުލައިފަ އެވެ. އާދަމް މަރުވިއިރު އޭނާގެ ތިން މަހުގެ ފިރިހެން ދަރިފުޅުގެ އިތުރުން އަތްބަކު ދުނިޔޭގައި އެބަހުއްޓެވެ.
އާދަމް މަރާލި މައްސަލައިގެ ތުހުމަތުގައި މިހާރު ވަނީ ކާށިދޫގައި އުޅޭ މުހަންމަދު ސަމާހު ކިޔާ މީހަކު ހައްޔަރުކޮށްފަ އެވެ.

އެމްޑީޕީ ހއ. އަތޮޅު ކެމްޕެއިން
49 comments