އާދަމް ހަލީމްގެ މަރު

އާދަމް މަރާލި ކަމަށް ތުހުމަތުކުރެވޭ މީހާ މާލެ ގެނެސްފި

ފަޒީނާ އަހުމަދު
24 ޖުލައި 2012 11:07 32 ކޮމެންޓު
  • އާދަމް އަށް ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ ސަމާހް: އޭނާ އަކީ ކުށްތަކުގެ ރެކޯޑު އޮންނަ މީހެއް ކަމަށްވޭ --ފޭސްބުކްފޮޓޯ

ފުލުހުންގެ ލާންސް ކޯޕްރަލް އާދަމް ހަލީމަށް ވަޅިން ހަމަލާދީ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ ތަހުގީގަށް އިއްޔެ މާލެ ގެނެސްފި އެވެ.

ކ. ކާށިދޫ، ކެތި، ލާންސް ކޯޕްރަލް އާދަމް ހަލީމް މަރާލި ކަމަށް ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އެރަށު ސުވާސާގޭ، މުހައްމަދު ސަމާހު، ،22 އެވެ.

ސަމާހު މާލެ ގެނައި ނަމަވެސް އޭނާއާ ބެހޭ ގޮތުން ފުލުހުން އަދި ތަފްސީލެއް ނުދެ އެވެ. ނަމަވެސް ހަވީރަށް އެނގިފައިވާ ގޮތުގައި އޭނާގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ 15 ދުވަހަށް އިތުރުކޮށްދީފަ އެވެ.

ނަމަވެސް ކާށިދޫގެ އިސް ވެރިން ވިދާޅުވެފައި ވަނީ ސަމާހަކީ މަސްތުވާތަކެއްޗާއި މާރާމާރީ އާއި ވައްކަން ފަދަ ބޮޑެތި ކުށްތަކުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ. ސަމާހް އާދަމް އަށް ހަމަލާ ދީފައި ވަނީ ވެސް މާރާމާރީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ފަހު ގޭބަންދަށް ދޫކޮށްލި ދުވަހުގެ ރޭ ކަމަށްވެ އެވެ. އާދަމް އަށް ހަމަލާދީފައި ވަނީ ސަމާހު ގޭބަންދަށް ދޫކޮށްލާފައި ހުއްޓާ މަގުމަތީގައި އުޅެނިކޮށް ފެނިގެން އޭނާގެ ފަހަތުން ގެޔާ ހަމަޔަށް ގޮސް، އެކަން ކާށިދޫ ޕޮލިސް ސްޓޭޝަނަށް އެންގުމަށް ގުޅައިގެން ހުއްޓައި ކަމަށް އެ ރަށުގެ ބައެއް މީހުން ބުނެ އެވެ.

އާދަމްގެ ޖަނާޒާ އިއްޔެ މާލޭގައި ބޭއްވުމަށް ފަހު ރަސްމީ އިއްޒަތުގައި ވަޅުލާފައި ވަނީ ގަލޮޅު ސަހަރާގަ އެވެ.

32 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait