އާބާދީ ބޮޑެތި ރަށްރަށުގައި ގިނަ ޚިދުމަތްތަކެއް ދެވޭ ގޮތަށް ރީޖަނަލް ޕޯސްޓް އޮފީސްތަކެއް އިމާރާތްކުރުމުގެ މަޝްރޫއެއް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓުން މިއަދު ބުނެފި އެވެ.
ވެލާނާގޭ ޕްރެސްރޫމްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޗެއާމަން އަހުމަދު ނިޒާމް ވިދާޅުވީ ކުންފުނީގެ ހިދުމަތް ފުޅާކުރަން މިހާރު ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން ޕޯސްޓުގެ ހިދުމަތް ތަރައްގީކުރަން "ޕައިލެޓް ޕްރޮޖެކްޓްތައް" ހިންގާނެ ބިންތައް ވެސް ބަލަމުން ގެންދާ ކަމަށެވެ.
"މި ޕްރޮޖެކްޓުގެ ދަށުން ޑިވެލޮޕްކުރަނީ އާ ވިސްނުމެއްގެ ދަށުން އެއް ފުރާޅެއްގެ ދަށުން ގިނަ ޚިދުމަތްތަކެއް ދޭން. މި ހިދުމަތް ފެށުމުން މިހާރު ކުއްޔަށް ހިފައިގެން ހިދުމަތް ދެމުން ގެންދާ ތަންތަން ދޫކޮށްލުމުން ހަރަދު ކުޑަވެގެން ވެސް ދާނެ،" ނިޒާމް ވިދާޅުވި އެވެ.
ޕޯސްޓް އޮފީހުގެ އެސިސްޑެންޓް ޑިރެކްޓަރު އައިޝަތު އިޝާނާ ވިދާޅުވީ ޕައިލެޓް ޕްރޮޖެކްޓުގެ ދަށުން ޕޯސްޓް އޮފީސްތައް ގާއިމްކުރާ ތަންތަނުން ގިނަ ހިދުމަތްތަކެއް ލިބެން ހުންނާނެ ކަމަށެވެ.
"ޕައިލެޓް ޕްރޮޖެކްޓުގެ ދަށުން ހަދާ އިމާރާތްތަކުން މުޅި ރީޖަން އަށް ހިދުމަތް ދެވޭނެ. އަދި އެ ތަންތަނުން ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރުން ޕާސްޕޯޓް ހެއްދުމުގެ ހިދުމަތާއި އައިޑީ ކާޑު ހެއްދުމުގެ ހިދުމަތް ފަދަ ހިދުމަތްތައް ވެސް ދެވޭނެ،" އިޝާނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރީޖަނަލް ޕޯސްޓް އޮފީސްތައް ހެދުމުގެ ގޮތުން ބައެއް ރަށްތައް ބަލާފައިވާ ކަމަށެވެ.
ޕޯސްޓް އޮފީހުން ބުނީ އެ ކުންފުނީގެ ހިދުމަތް ތަރައްގީކުރަން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ކައުންސިލްތައް މެދުވެރިކޮށް ޕޯސްޓުގެ ހިދުމަތް ފުޅާކުރުން ވެސް ހިމެނޭ ކަމަށެވެ.

އެމްޑީޕީގެ މުޒާހަރާ
ޖޭއެސްސީގެ މެމްބަރު ރޭނިސް ސަލީމް ޕޮލިހަށް ހާޒިރުުކުރުން
1 comment