މަސްތުވާތަކެތި

ދެބެން ވިހެއި ދެ ކުދިން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

ފަޒީނާ އަހުމަދު
29 ޖުލައި 2012 14:16 15 ކޮމެންޓު
  • އައިޖީއެމްއެޗް: އެ ހޮސްޕިޓަލްގައި ވިހެއި ދެ ކުއްޖަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި މައްސަލައެއް ފުލުހުން އަންނަނީ ބަލަމުން. --ހަވީރު ފައިލް ފޮޓޯ

އައިޖީއެމްއެޗްގައި މިދިޔަ ހަފުތާގައި ވިހެއި އެއްބަނޑު އެއްބަފާ ދެބެއިންނަށް ލިބުނު ތުއްތު ދެ ކުދިން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ތުއްތު ދެ ކުއްޖަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.

"ހަވީރަ"ށް އެނގިފައިވާ ގޮތުގައި އެއްބަނޑު އެއްބަފާ އެ ދެ އަންހެނުންގެ ތެރެއިން އެކަކު މިދިޔަ ހޯމަ ދުވަހު ވިހޭ އިރު، އަނެކަކު ވިހެއީ މިދިޔަ ބުރާސްފަތި ދުވަހެވެ. އެ ދެ މީހުން ވިހެއި ދެ ކުދިންނަށް އައިޖީއެމްއެޗުގެ ނާސަރީގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ.

އައިޖީއެމްއެޗްގައި ވިހެއި އެ ދެ މީހުން ވެސް އުޅެނީ ކައިވެނިކޮށްގެން ކަމަށްވެ އެވެ. އެ ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

ޖެންޑާ މިނިސްޓްރީގެ އިސް ބޭފުޅަކު ވިދާޅުވީ އެ މިނިސްޓްރީ އަށް އެ މައްސަލަ ހުށަހަޅާފައިނުވާ ކަމަށެވެ. ނަމަވެސް ދެ ކުއްޖެއްގެ މައްސަލަ މޮނިޓަކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ތަފްސީލެއް ނުދެއްވަ އެވެ.

15 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait