އިމާރާތްކުރަމުންދާ ގެއެއްގައި ތަކެތި އުފުލަން ގެންގުޅުނު ލިފްޓަކުން ބަޔަކު ފައިބަނިކޮށް އެ ލިފްޓް ކަނޑައިގެން ގޮސް ވެއްޓި ދެ މީހަކު ޒަހަމްވެއްޖެ އެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ އެލިޔާ ކައިރީގައި 10 ބުރި އަށް ހަދަމުންދާ ލޮނަދޫ ހިޔާ ކިޔާ ގެއެއްގަ އެވެ. އިމާރާތްކުރުމުގެ މަސައްކަތް ނުނިމޭ އެ ގޭގައި ލިފްޓް ކަނޑައިގެން ދިޔައީ ނުވަ ވަނަ ބުރިއާ ހިސާބުން ކަމަށްވެ އެވެ.
މިއަދު މެންދުރު ފަހު ހިނގި މި ހާދިސާގައި ޒަހަމް ވެފައި ވަނީ އަބްދުލް ޣަފޫރު، ދޯޅަނބުގެ ރ. އަލިފުށި އާއި ހަމަ އެރަށު ކަށިމާގޭ ޝިފާޒް އަލީ، 24، އެވެ. މި ދެ މީހުންގެ ތެރެއިން ޣަފޫރުގެ ހާލު ސީރިއަސް އެވެ. އޭނާގެ މޭކަށިތަކާއި އުނަގަނޑު ވަނީ ބިނދިފައި ކަމަށް އެ މީހުން މަސައްކަތްކުރާ ކުންފުނި 'އަމްބީ މޯލްޑިވްސް'ގެ މީހަކު ޑޮކްޓަރާ ހަވާލާދީ ބުންޏެވެ.
6 comments