އެމްޑީޕީ

މަޖިލިސް މެމްބަރު ބޮންޑޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ފަސް ދުވަހަށް ގޭބަންދުކޮށްފި

ފަޒީނާ އަހުމަދު
03 އޯގަސްޓް 2012 15:46 54 ކޮމެންޓު
  • ބޮންޑޭ މަޖލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.--ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ފުލުހުން ރޭ ދަންވަރު ހައްޔަރުކޮށް އޭނާ ފަސް ދުވަހަށް ގޭ ބަންދުކުރުމަށް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އެމްޑީޕީން ބުނިގޮތުގައި ބޮންޑޭ ހައްޔަރުކޮށްގެން ދޫނިދޫ އަށް ގެންގޮސްފައި ވަނީ ރޭ ދަންވަރު 30: 12 ހާއިރު މޮންސޫން ކެފޭގައި އިންނަވަނިކޮށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ޖުލައި 30 ގައި އެމްޑީޕީން ބޭއްވި ސައިކަލް ބުރުގައި ފުލުހަކަށް ގެއްލުން ދިން ކަމަށް ބުނެ ހޯދާފައިވާ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

ފަސް ދުވަސް ވަންދެން ބޮންޑޭ ގޭބަންދުކުރުމަށް އަމުރުކުރީ މިއަދު މެންދުރު ފަހު 2:00 ގައި ކޯޓަށް ގެންދިއުމުންނެވެ.

އެމްޑީޕީން ބުނީ އެ ދުވަހު ވެސް އަދި ފެބްރުއަރީ 8 ގައި ވެސް ބޮންޑޭ އަށް އަނިޔާކޮށްފައިވާ ކަމަށެވެ. އެ އަނިޔާތައް ބެލުމެއް ނެތި އޭނާ ހައްޔަރުކޮށްފައި ވުމުން ކޯޓުތަކާއި ފުލުހުން ހިންގާފައި މިވަނީ "ޖަންގަލީގެ" އުސޫލް ކަމަށް ވެސް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ބޮންޑޭ ވަގުތުން ދޫކޮށްލުމަށާއި އޭނާ ހައްޔަރުކުރި މައްސަލަ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލް ބައްލަވައި ފިޔަވަޅު އެޅުމަށް ގޮވާލާފައިވެ އެވެ.

54 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait