މާރާމާރީ

މާރާމާރީއެއް ކޮންޓްރޯލްކޮށް، ބައެއް މީހުން ހައްޔަރުކޮށްފި

މުހައްމަދު އަފްރާހު
03 އޯގަސްޓް 2012 20:01 16 ކޮމެންޓު

ހެންވޭރު ލޮރެންޒޯ ޕާކް ކައިރީ ސޯސަން މަގުގައި ހިންގި މާރާމާރީއެއް ކޮންޓްރޯލްކޮށް ބައެއް މީހުން ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

ކުލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ ކައިރީގައި އޮންނަ ޕާކް ކައިރީ މިއަދު އިރުއޮއްސެން ކައިރިވެފައިވަނިކޮށް މާރާމާރީ ހިންގި މަންޒަރު ދުށް ބައެއް މީހުން ހަވީރަށް ކިޔައިދިން ގޮތުގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި ހަމަނުޖެހުން ކޮންޓްރޯލްކުރަން ދެ ފުލުހަކު އުޅުނެވެ.

"ފުލުހުންނާ ދިމާވީ މާރާމާރީ ހިންގަނިކޮށް. މަގުމަތި ޕެޓްރޯލް ކުރަމުން ދިޔަ ދެ ފުލުހަކަށް ފެނުނީ. އެ ދެ މީހުން ވަގުތުން އެކަން ކޮންޓްރޯލްކުރަން މަސައްކަތްކުރި،" ނޫހުގައި ނަން ނުޖަހަން ޝަރުތުކޮށް ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ އެކަން ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިތުރު ފުލުހުން އެތަނަށް އައި ކަމަށެވެ.

"ޓްރެފިކް ޕޮލިހުންގެ ޔުނީފޯމްގައި ތިބި ދެ ފުލުހުން ވަރަށް މަސައްކަތް ކުރި، އަނިޔާވަމުން ދިޔަ ކުއްޖާ ސަލާމަތްކުރެވޭތޯ. އެމީހުން ތަޅަމުން ދިޔައިރު ވެސް ކުއްލިޔާގެ ފާރުގެ ނިވަލުގައި އެ ކުއްޖާ ހިމާޔަތްކުރެވޭތޯ ވަރަށް ބެލި،" މަންޒަރު ދުށް މީހާ ބުންޏެވެ.

އޭނާ ބުނީ މާރާމާރީގެ މަންޒަރު ފެނުނު ބައެއް މީހުން ބިރުން ރޮމުން ދިޔަ ކަމަށެވެ.

16 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait