ދިޔަ ބޮޑުވެ ކަނޑު ގަދަވުމުގެ ސަބަބުން މާލެ އަށް މިއަދު އަނެއްކާ ވެސް އުދަ އަރައިފި އެވެ.
ލޮނުޒިޔާރަތްކޮޅަށާއި ނަސަންދުރަ ޕެލަސް ހޮޓެލް ކުރިމައްޗާއި އައިޖީއެމްއެޗް ހުޅަނގު ފަރާތުން ބޮޑުތަކުރުފާނު މަގަށް އުދަ އަރަމުންދަނީ މެންދުރުން ފެށިގެންނެވެ. ލޮނުޒިޔާރަތްކޮޅު ސަރަހައްދަށް އުދައާ އެކު ގަލާއި ވެލި ވެސް ގިނަ އަދަދަކަށް އަރާފައިވާ އިރު ކާނިވާ ސަރަހައްދުގައި ވެސް ވަނީ ލޮނުގަނޑު ހެދިފަ އެވެ. އަދި ނަސަންދުރަ ޕެލަސް ހޮޓެލް ސަރަހައްދުގައި ލޮނުގަނޑު ބޮޑުވުމުގެ ސަބަބުން ދުއްވާ އެއްޗެއްސާއި ހިނގާ މީހުންނަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. އަދި ބިންދާ ރާޅާ އެކު ލޮނު ވިއްސަމުންދާތީ ލޮނުޒިޔާރަތްކޮޅު ސަރަހައްދު ވަނީ ވަރަށް ބޮޑަށް ފުސްވެފަ އެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ވެސް މި ގޮތަށް މި ސަރަހައްދުތަކަށް އުދަ އަރާފައިވެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ ކޮންމެ އަހަރަކު ވެސް ހުޅަނގު މޫސުމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދައަރާ ކަމަށެވެ. މާލެ އަށް އުދައެރުމުގައި ވެސް އެއްވެސް އާދަޔާ ހިލާފު ކަމެއް ނެތް ކަމަށް މެޓުން ބުންޏެވެ.



12 comments