ގއ. އަތޮޅު

ދެ އަހަރުގެ ކުއްޖަކު ވަޅަކަށް ވެއްޓި މަރުވެއްޖެ

އަލީ ޔޫސުފް
06 އޯގަސްޓް 2012 20:10 12 ކޮމެންޓު
  • ގއ. ކަނޑުހުޅުދޫ: މި ރަށުގައި މިއަދު ވަޅަކަށް ވެއްޓި މަރުވެފައިވަނީ ދެ އަހަރުގެ އަންހެން ކުއްޖެއް.--ފޮޓޯ: ގޫގްލް އާތު

ގއ. ކަނޑުހުޅުދޫގައި ވަޅަކަށް ވެއްޓި ދެ އަހަރުގެ އަންހެން ކުއްޖަކު މިއަދު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު ކަމަށާއި އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށެވެ.

މި ހާދިސާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާދިސާ ހިނގި ގޮތް ތަހުގީގުކުރުމަށް ފުލުހުންގެ ޓީމެއް މިހާރު އެ ރަށަށް ގޮސްފައިވާ ކަމަށެވެ.

12 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait