ޕޮލިސް

އެމްޑީޕީ މުޒާހަރާގެ ބައިވެރިއަކު ފުލުހެއްގެ ނޭފަތް ފަޅާލައިފި: ޕޮލިސް

07 އޯގަސްޓް 2012 00:43 24 ކޮމެންޓު

07-08-2012 00:56 ފުލުހުންނާއި ސިފައިން އުސްފަސްގަނޑަށް އަރައިފި. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުސްފަސްގަނޑަށް ދިޔައީ މިރޭ ފުލުހެއްގެ ނޭފަތް ފަޅާލި މީހާ ހޯދަން ކަމަށް. އެނގިފައިވާ ގޮތުގައި ފުލުހުން މިހާރު ވަނީ އުސްފަސްގަނޑުން ފައިބާފައި. ނަމަވެސް މީހަކު ހައްޔަރުކުރި ކަމެއް ނޭނގޭ. މަންޒަރު ދުށް ބައެއް މީހުން ބުނަނީ ސިފައިން ވެސް ފުލުހުންނާ އެކު އެ ތަނަށް ދިޔަ ކަމަށާއި ނަމަވެސް އުސްފަސްގަނޑުގައި ހިނގާލުމަށް ފަހު ދެބައި މީހުން ވެސް އެނބުރި ދިޔައީ ކަމަށް.
07-08-2012 00:50 އެމްޑީޕީން ކުރިއަށް ގެންދާ ސިލްސިލާ ހަރަކާތުގެ ތެރެއިން މިރޭ ބޭއްވި މުޒާހަރާގެ ބައިވެރިއަކު ފުލުހަކަށް ހަމަލާދީ ނޭފަތް ފަޅާލައިފި ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.

ފުލުހުން ބުނިގޮތުގައި އަނިޔާވި މީހާ އަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ.

މި ހަމަލާދިނީ ފަރީދީމަގު ނޮވެލްޓީ ކައިރިން އެމްޑީޕީ މުޒާހަރާ ތެރެއިން މީހަކު ނުކުމެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންނަށް ހަމަލާދޭ މައްސަލަތަކާއި ހަމަލާދިނުމަށް ގޮވާލާ ކަމުގެ ތުހުމަތުތައް ފުލުހުން ގެންދަނީ ފަހަކަށް އައިސް ވަރަށް ސީރިއަސްކޮށް ތަހުގީގުކުރަމުންނެވެ.

24 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait