މޯލްޑިވްސް ޕޮލިޓެކްނިކް

މިނެ ކިރަން ބޭނުންކުރާ ސާމާނުގައި ސިލް ޖަހާ ލެބޯޓްރީއެއް ހުޅުވައިފި

މުހައްމަދު އަފްރާހު
09 އޯގަސްޓް 2012 19:47 5 ކޮމެންޓު
  • މެޓްރޮލޮޖީ ލެބޯޓަރީ ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި ލެބޯޓްރީގެ ސަބަބުން ވިޔަފާރީގެ ދާއިރާއަށް ވެސް ބޮޑެތި ފައިދާތަކެއް ކުރާނެ.--ހަވީރު ފޮޓޯ/ ނަސްރުﷲ ސާލިހު

  • މެޓްރޮލޮޖީ ލެބޯޓަރީ ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި ލެބޯޓްރީގެ ސަބަބުން ވިޔަފާރީގެ ދާއިރާއަށް ވެސް ބޮޑެތި ފައިދާތަކެއް ކުރާނެ.--ހަވީރު ފޮޓޯ/ ނަސްރުﷲ ސާލިހު

  • މެޓްރޮލޮޖީ ލެބޯޓަރީ ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި ލެބޯޓްރީގެ ސަބަބުން ވިޔަފާރީގެ ދާއިރާއަށް ވެސް ބޮޑެތި ފައިދާތަކެއް ކުރާނެ.--ހަވީރު ފޮޓޯ/ ނަސްރުﷲ ސާލިހު

މިނެ ކިރުމުގައި ބޭނުންކުރާ ކައްޓާ އާއި ތިލަފަތް ފަދަ ތަކެތީގައި ސިލް ޖަހާ ލެބޯޓްރީއެއް މޯލްޑިވްސް ޕޮލިޓެކްނިކްގައި މިއަދު ހުޅުވައިފި އެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގައި ބޭއްވި ރަސްމިއްޔާތެއްގައި "ނެޝަނަލް މެޓްރޮލޮޖީ ލެބޯޓްރީ" ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓާއި ޔުނައިޓަޑް ނެޝަނަލް އިންޑަސްޓްރިއަލް ޑިވްލޮޕްމަންޓް( ޔުނިޑޯ) ގުޅިގެން ހިންގާ އެސްއެމްކިޔު މަޝްރޫއުގެ ދަށުން ގާއިމްކުރި މި ލެބޯޓްރީގެ ސަބަބުން މިނެ ކިރުމުގައި ބޭނުންކުރާ ސާމާނު ބައިނަލްއަގުވާމީ މިންގަނޑަކަށް ފެއްތުމަށް މަގުފަހި ވެގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މެޓްރޮލޮޖީ ލެބޯޓްރީ ހުޅުއްވައިދެއްވުމުގެ ގޮތުން ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު( އަންޑޭ) ވިދާޅުވީ މިނެ ކިރުމުގެ މިންގަނޑުތައް ރަނގަޅަށް ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށާއި ކުރިއަށް އޮތް ތާނގައި މި ހިދުމަތް ތަރައްގީ ވެގެންދާނެ ކަމަށެވެ.

"ކުރިން މިހިދުމަތް ދެމުން ގެންދިޔައީ މިނިސްޓްރީން. ނަމަވެސް މިކަން ޕޮލިޓެކްނިކަށް ބަދަލުކުރީ މިކަމުގެ ޓެކްނިކަލް ބޭފުޅުން ތިއްބެވީ މިތަނުގައި ކަމަށް ވާތީ. މީގެ ސަބަބުން މި ހިދުމަތް ވަރަށް ބޮޑަށް ތަރައްގީ ވެގެންދާނެ،" އަހުމަދު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ މިހާރު މި ލެބޯޓްރީ ހަމައެކަނި މާލޭގައި ގާއިމްކުރި ނަމަވެސް ކުރިއަށް އޮތްތާނގައި ރާއްޖޭގެ ހަތް ސަރަހައްދުން މި ހިދުމަތްދޭން ރާވާފައިވާ ކަމަށާއި މި ހިދުމަތް ރާއްޖޭގައި ދޭން ފެށުމުން ރާއްޖޭން ބޭރަށް މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

"މިވަގުތު މި ތަނުން މިދެނީ ބަރުދަން ބެލުމާއި ދިގުމިން ބެލުން ފަދަ ހިދުމަތްތައް. ނަމަވެސް ކުރިއަށް އޮތްތާނގައި ޕްރެޝާ ޗެކްކުރުން ފަދަ ހިދުމަތްތައް ވެސް ދެވޭނެ،" އަހުމަދު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އަހުމަދު އާސިމް ވިދާޅުވީ މި ލެބޯޓްރީ ޕޮލިޓެކްނިކްގައި ހުޅުވުމަކީ އެ އިންސްޓިޓިއުޓަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މިއީ ވަރަށް ބޮޑު ކުރިއެރުމެއް. މީގެ ސަބަބުން ސައިންސާއި ފިޒިކްސް ފަދަ މާއްދާތައް ކިޔަވާ ކުދިންނަށް ވެސް މީގެ ފައިދާ ހޯދޭނެ. އަދި މިތަނުގެ މުވައްޒަފުންނަށް ތަމްރީންތައް ލިބި އެހެން އިންޑަސްޓްރީތަކާ ގުޅުންވެސް ބަދަހިވެގެންދާނެ،" އާސިމް ވިދާޅުވި އެވެ.

ކޮންސިއުމާ ޕްރޮޓެކްޝަން ގާނޫނުގެ ދަށުން، މިނެ ކިރުމަށް ބޭނުންކުރާ އާލާތްތައް ހުންނަން ޖެހެނީ އެއް މިންގަނޑެއްގަ އެވެ.

5 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait