މުޒާހަރާތައް ކަވަރުކުރުމުގައި ބްރޯޑްކާސްޓަރުން އަމަލުކުރުމަށް މަގު ދައްކައިދޭ ގައިޑްލައިނެއް އެކުލަވާލުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ.
މުޒާހަރާތައް ކަވަރުކުރުމާ ބެހޭ ގައިޑްލައިނެއް ރާއްޖޭގައި މިހާތަނަށް އެކުލަވާލާފައެއް ނުވެ އެވެ. ނަމަވެސް އެއީ މުހިއްމު ކަމަކަށްވާތީ، ގައިޑްލައިން އެކުލަވާލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އެއްބާރުލުން ދިނުމަށް އެދި ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ކައުންސިލަށް ސިޓީއެއް ފޮނުވައިފަ އެވެ.
އެ ކޮމިޝަނުން މީޑިއާ ކައުންސިލަށްް ފޮނުވި ސިޓީގައި ބުނެފައި ވަނީ މުޒާހަރާތައް ކަވަރުކުރުމުގައި ބްރޯޑްކާސްޓަރުން އަމަލުކުރުމަށް މަގު ދައްކައިދޭ ގައިޑް ލައިނެއް އެކުލަވާލުމުގައި ކައުންސިލްގެ ހިއްސާ އޮތުމަކީ މުހިއްމު ކަމެއް ކަމަށް އެ ކޮމިޝަނުން ދެކޭ ކަމަށެވެ. އެ ގައިޑްލައިނުގެ ފުރަތަމަ ދެލި ކޮޕީ އެކުލަވާލުމާ ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި، މި ހަފުތާ ތެރޭގައި ބައްދަލުވުމެއް ހަމަޖައްސައިދިނުމަށް ވެސް އެދިފައިވާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.

އެމްޑީޕީ ކެމްޕެއިން ޖަލްސާ
2 comments