ޚަބަރު

މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރި ކުރަމުން ދިޔަ މީހަކު މީދޫން ހައްޔަރުކޮށްފި

ސ. ފޭދޫން އަހުމަދު އަދްޝަން
12 އޯގަސްޓް 2012 15:50
  • ފުލުހުންގެ ވެހިކަލެއް ހުޅުމީދޫގައި ހަރަކާތްތެރި ވަނީ: ފުލުހުން ރޭ ވަނީ މީދޫގައި މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފައި. ހަވީރު ފައިލް ފޮޓޯ

މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރިކުރާ ކަމަށް ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު ރިޕޯޓަކާ ގުޅިގެން، މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓަކާ އެކު މީދޫން މީހަކު ހައްޔަރުކޮށްފި އެވެ.

ސ. މީދޫ ސީނާ ހަސަން ޝަބީރް، ،33 މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓާ ގުޅިގެން ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓް އަމުރެއްގެ ދަށުން ރޭ 00: 7 އެހާއިރު، އޭނާގެ ގެއަށް ވަދެ ބަލައި ފާސް ކުރުމުގެ ތެރޭގައި ފެނުނު މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓަކާ އެކު އެވެ.

ފުލުހުން ޝަބީރު ހައްޔަރުކޮށް، އޭނާގެ ޔޫރިން ޓެސްޓް ކުރި އިރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓް ވެސް ވެފަ އެވެ.

މީގެ ކުރިން ވެސް ކުށުގެ ރެކޯޑްތަކެއް އޮންނަ ޝަބީރު ހައްޔަރު ކުރުމަށް ފަހު، ކޯޓަށް ހުށަހަޅައިގެން އޭނާގެ ބަންދުގެ މުއްދަތު މިއަދު ވަނީ 15 ދުވަހަށް މީދޫ މެޖިސްޓްރޭޓް ކޯޓުން އިތުރުކޮށްދީފަ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި