އެމްޑީޕީ މުޒާހަރާ

މުޒާހަރާއެއްގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ހަތަރު އަންހެނެއްގެ މައްސަލަ ޕީޖީ އަށް

ފަޒީނާ އަހުމަދު
12 އޯގަސްޓް 2012 15:48 17 ކޮމެންޓު
  • ހިރިޔާ ސްކޫލް ކައިރީގައި މުޒާހަރާކުރަނީ: އެ މުޒާހަރާގައި ނުކިޔަމަންތެރިކަން ދެއްކި ހަތަރު މީހެއްގެ ތަހުގީގު ނިންމައި ޕީޖީ އަށް ވަނީ ފޮނުވާފައި --ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް

މި އަހަރުގެ މާޗް މަހުގެ ތެރޭގައި ރައީސް މުހައްމަދު ވަހީދު ހިރިޔާ ސްކޫލަށް ވަޑައިގަތުމާ ދިމާކޮށް މުޒާހަރާކުރާތީ ފުލުހުން ބަންދުކޮށްފައި އޮތް ސަރަހައްދަށް ވަދެ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ނުކިޔަމަންތެރިކަން ދެއްކި ހަތަރު އަންހެނެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުސް އޮފީހުން ބުނީ އެ މައްސަލާގައި ދައުވާކުރުމަށް ފޮނުވާފައި މއ. ރަންވިއު އަރީޝާ އަލީ، 45 ، އާއި މ. ޓްރެންލިޕީ، ލީލީތާ މަސްއޫދު، 31 ، އާއި ހުޅުމާލެ ފުލެޓް 08- 3- 2 ވިރާޝާ މުހައްމަދު ،26 ، ގެ އިތުރުން ޅ. ހިންނަވަރު ނަބީސް، އައިޝަތު ނިރާޝާ، 21، ގެ މައްޗަށް ކަމަށެވެ.

އެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ ހިރިޔާ ސްކޫލް ސަރަހައްދަށް އެއްވެ، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލައާ ގުޅިގެން ކަމަށް ފުލުސް އޮފީހުން ބުންޏެވެ.

17 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait