މާފަންނު ސްޓޭޑިއަމްގައި މާދަމާ ބާއްވާ ފިތުރު އީދު ނަމާދަށް ފަހު ކުޑަކުދިންނަށް ހަދިޔާ ބަހާނެ ކަމަށާއި ރައްޔިތު އެންމެންނަށް ފިނިހިއްޕެވުމެއް ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މާދަމާ ފިތުރު އީދު ނަމާދަށް މާފަންނު ސްޓޭޑިއަމް މިރޭ ވެސް ދަނީ ތައްޔާރުކުރަމުންނެވެ. އީދު ނަމާދު ޓާފް ދަނޑުގެ ދެކުނު ފަރާތާއި ޓްރެކް ދަނޑުގައި ކުރުމަށް ނިންމާފައިވާ އިރު ޓްރެކް ދަނޑު ހާއްސަކޮށްފައި ވަނީ އަންހެނުންނަށެވެ. ރާއްޖޭގައި މިގޮތަސް އީދު ނަމާދު މި ކުރަނީ ފުރަތަމަ ފަހަރަށެވެ.
އިސްލާމިކް މިނިސްޓްރީ އާއި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭ ފަރާތްތައް ގުޅިގެން އެ ސަރަހައްދު ތައްޔާރުކުރަނީ 30،000 މީހުންނަށް ނަމާދު ކުރެވޭ ގޮތަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އީދު ނަމާދުގެ މައިދާނަށް ވީހަ ގިނަ ބަޔަކު ދިއުމަށް އެ މިނިސްޓްރީން އެދޭ ކަމަށެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
5 comments