ފިތުރު އީދު

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކޮށްފި

19 އޯގަސްޓް 2012 08:42 22 ކޮމެންޓު
  • މިއަދުގެ އީދު ނަމާދަށް މާފަންނު ސްޓޭޑިއަމްގައި ޖަމާއަތް ހަދައިގެން: އެތައް ހާސް ބަޔަކު ނަމާދުގައި ބައިވެރިވި.--ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

  • މިއަދުގެ އީދު ނަމާދަށް ފަހު މާފަންނު ސްޓޭޑިއަމުން މީހުން ނުކުންނަނީ: އެތައް ހާސް ބަޔަކު ނަމާދުގައި ބައިވެރިވި.--ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

  • މިއަދުގެ އީދު ނަމާދަށް މާފަންނު ސްޓޭޑިއަމްގައި ޖަމާއަތް ހަދައިގެން: އެތައް ހާސް ބަޔަކު ނަމާދުގައި ބައިވެރިވި.--ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

  • މިއަދުގެ އީދު ނަމާދަށް މާފަންނު ސްޓޭޑިއަމްގައި ރައީސް މުހައްމަދު ވަހީދު އާއްމުންނާ އީދު ސަލާމް ކުރައްވަނީ.--ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

އީދު ނަމާދަށް ހެދި ބޮޑު ޖަމާއަތުގައި ދާދި ދެންމެއަކު އީދު ނަމާދުކޮށްފި އެވެ.

މާފަންނު ސްޓޭޑިއަމްގައި އެތައް ހާސް ބަޔަކު އެއްވި ޖަމާއަތުގައި އިމާމްވެ އީދު ނަމާދުކުރެއްވީ ޑރ. މުހަންމަދު އިޔާޒު އަބްދުއްލަތީފެވެ.

ޓީވީން ލައިވްކުރި ނަމާދުގައި ރައީސް މުހައްމަދު ވަހީދާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އިސްލާމިކް މިނިސްޓްރީ އާއި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭ ފަރާތްތައް ގުޅިގެން ރޭ ދަންވަރުން ފެށިގެން މާފަންނު ސްޓޭޑިއަމް ސަރަހައްދު ތައްޔާރުކޮށްފައި ވަނީ 30،000 މީހުންނަށް ނަމާދު ކުރެވޭ ގޮތަށެވެ.

އީދު ނަމާދު ޓާފް ދަނޑުގެ ދެކުނު ފަރާތާއި ޓްރެކް ދަނޑުގައި ކުރި އިރު ޓްރެކް ދަނޑުގައި އަންހެނުންގެ ޖަމާއަތެއް ވެސް ނަމާދުގައި ބައިވެރިވި އެވެ.

މިއީ ރާއްޖޭގައި މި ގޮތަށް އީދު ނަމާދުކުރި ފުރަތަމަ ފަހަރެވެ.

އީދު ނަމާދުގެ "ރަސްމީ" ޖަމާއަތް މާފަންނު ސްޓޭޑިއަމްގައި އޮތް ނަމަވެސް އިސްލާމީ މަރުކަޒާއި މާލެ އާއި ރަށްރަށުގެ އެހެން މިސްކިތްތަކުގައި ވެސް މިއަދު އީދު ނަމާދުކުރި އެވެ.

22 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait