މި އަހަރުގެ ފިތުރު އީދު ދުވަސް މިއަދު ފާހަގަކުރާއިރު، ގައުމުގައި އުފެދިފައިވާ ސިޔާސީ ވާދަވެރިކަމުގައި ވެސް އަމިއްލަ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކޮށް، އެކުވެރިކަމާއި އެއްބަނޑު އެއްބަފާކަމުގެ ރޫހު ކުރިއަށް ނެރުމަށް ހުރިހާ އެންމެންވެސް ސަމާލުކަން ދިނުމަށް ރައީސް މުހައްމަދު ވަހީދު އެދިވަޑައިގެންފި އެވެ.
ރައްޔިތުންނަށް އީދުގެ ތަހުނިޔާ ފޮނުއްވައި ނެރުއްވި ހިތާބެއްގައި އެމަނިކުފާނު ވިދާޅުވީ އީދު ދުވަހަކީ ހެޔޮ އެދުމުގެ ޝުއޫރުތައް ފާޅުކޮށް، ނިކަމެތިންނާއި އެހީތެރިކަން ބޭނުންވާ މީހުންގެ މަތިން ހަނދާންކޮށް އެ މީހުންނަށް އެހީ ފޯރުވައިދިނުމުގެ ދުވަހެއް ކަމަށެވެ. އަދި އާއިލީ ގުޅުންތައް ބަދަހިކޮށް، އާއިލާތަކުގެ މެދުގައި އެކުވެރިކަމާއި އުޚުތްވަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އަޒުމް ކަނޑައަޅަންވީ މުނާސަބަތެއް ކަމަށް ވެސް ހިތޯބުގައި ރައީސް ވިދާޅުވި އެވެ.
"ބަރަކާތްތެރި ފިޠުރު ޢީދު އަޅުގަނޑުމެންނާ ބައްދަލުކުރުމުގެ އުފާވެރި މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި އުފަލެކެވެ،" ރައީސް ވިދާޅުވި އެވެ.
އީދުގެ މުނާސަބަތުގައި އިސްލާމީ ގައުމުތަކުގެ ވެރިންނާއި ބައިނަލް އަގުވާމީ އިސްލާމީ ޖަމިއްޔާތަކުގެ ވެރިންނަށް ވެސް ރައީސް ތަހުނިޔާ ފޮނުއްވި އެވެ.


މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
9 comments