ކުޑަކުދިންނަށް އަނިޔާކުރުން

12 އަހަރުގެ ފިރިހެން ކުއްޖަކާ ގުޅުން ހިންގަނިކޮށް ދޮންބައްޕަ ހައްޔަރުކޮށްފި

ފަޒީނާ އަހުމަދު
21 އޯގަސްޓް 2012 14:04 20 ކޮމެންޓު
  • ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ދެކޮޅަށް ބަހައްޓާފައިވާ ބޯޑެއް: ކުޑަ ފިރިހެން ކުއްޖަކާ ބެހެމުންދިޔަ ދޮން ބައްޕައަކު މިއަދު ވަނީ ހައްޔަރުކޮށްފައި --ހަވީރު ފައިލް ފޮޓޯ

ގްރޭޑް 7 ގައި ކިޔަވަމުން އަންނަ 12 އަހަރުގެ ފިރިހެން ކުއްޖަކާ އެއް ޖިންސުން ގުޅުން ހިންގަމުން ދަނިކޮށް އެ ކުއްޖާގެ ދޮންބައްޕަ މިއަދު ހައްޔަރުކޮށްފި ކަމަށް އެ ކުއްޖާގެ އާއިލާ އިން ބުނެފި އެވެ.

ވިލިމާލޭގައި ދިރިއުޅެމުން އަންނަ އެ ކުއްޖާގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ދޮންބައްޕަ ކުއްޖާއާ ގުޅުން ހިންގަމުން ދަނީ މީގެ އަހަރެހެއްހާ ދުވަސް ކުރިން ފެށިގެން ކަމަށް އެ ކުއްޖާ ވަނީ ބުނެފަ އެވެ. ދޮން ބައްޕަ އެ ކުއްޖާއާ ގުޅުން ހިންގަމުން ދަނީ ބިރު ދައްކައިގެން ކަމަށް ވެސް އާއިލާ އިން ބުންޏެވެ.

އާއިލާ އިން ވާހަކަ ދެއްކި މީހާ ބުނީ ދޮންބައްޕަގެ ގޯނާގެ ވާހަކަ އެ ކުއްޖާ އޭނާގެ މަންމަ އަށް ވެސް އެކި ފަހަރުމަތިން ކިޔައިދީފައިވާ ކަމަށެވެ. ނަމަވެސް އެ ވާހަކަ ގަބޫލުނުކޮށް ހުއްޓައި، މިއަދު ދޮންބައްޕަ ހައްޔަރުކޮށްފައި ވަނީ ރެޑްހޭންޑްކޮށް ކަމަށް އާއިލާ އިން ބުންޏެވެ.

ދޮންބައްޕަ އެ ކުއްޖާއާ ގުޅުން ހިންގަމުން ދަނިކޮށް، އާއިލާ އިން ވަނީ ވީޑިއޯ ވެސް ކޮށްފަ އެވެ. އެ ވީޑިއޯ މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ފުލުހުން މައްސަލަ ތަހުގީގުކުރަން ފަށައި އެ ކުއްޖާގެ ބަޔާން ވެސް މިއަދު ވަނީ ނަގައިފަ އެވެ.

20 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait