"މިއީ ބަޣާވާތެއް ނޫން ކަމަށް ސީމެގުން ބުނި: ރައީސް ނަޝީދު" މި ސުރުޚީގެ ދަށުން ހަވީރު އޮންލައިންގައި އިއްޔެ ޝާއިއުކޮށްފައިވާ ޚަބަރާ ގުޅިގެން ބައެއް ކިޔުންތެރިންގެ ޝަކުވާ ލިބިފައިވެ އެވެ.
ދިޓީވީން އާއްމުކުރި އޯޑިއޯއެއްގެ މައްޗަށް އެހެން ބައެއް މީޑިއާތަކުގައި ވެސް އެ ޚަބަރު ޝާއިއުކުރި އިރު، އެ އޯޑިއޯގައި "ބަޣާވާތެކޭ" ނުވަތަ "ބަޣާވާތެއް ނޫނޭ" ބުނާ ކަން އެހާ ރަނގަޅަށް ސާފު ނުވާ ކަމަށާއި އެއީ އެޑިޓްކޮށްފައިވާ އޯޑިއޯއެއް ކަމަށް ބުނެ ބައެއް ކިޔުންތެރިން ވަނީ ސުވާލު އުފައްދާފަ އެވެ. އަދި މި ޝަކުވާތަކާ ގުޅިގެން އެ ޚަބަރު މިހާރު ވާނީ ހަވީރު އޮންލައިނުން ނަގާފަ އެވެ.
ދިޓީވީން އާއްމުކުރި އޯޑިއޯގެ ސައްހަކަން ހަވީރު އޮންލައިން އަށް ކަށަވަރު ނުވާ ހިނދު އެ ޚަބަރު ގެނެސްދެވިފައިވާ ގޮތާ މެދު ކިޔުންތެރިންގެ ފަރާތުން މައާފަށް އެދެމެވެ.
0 comment