ކޯނީގެ ރިޕޯޓް

އެމްޑީޕީގެ މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު އަވަސް އިންތިޚާބަކަށް ގޮވާލައިފި

31 އޯގަސްޓް 2012 23:41 28 ކޮމެންޓު
  • އެމްޑީޕީން އަވަސް އިންތިޚާބަކަށް ގޮވާލައި މަގުތަކުގައި މިރޭ ހިނގާލުމެއް ބާއްވަނީ.--ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

  • އެމްޑީޕީން އަވަސް އިންތިޚާބަކަށް ގޮވާލައި މަގުތަކުގައި މިރޭ ހިނގާލުމެއް ބާއްވަނީ.--ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

  • އެމްޑީޕީން އަވަސް އިންތިޚާބަކަށް ގޮވާލައި މަގުތަކުގައި މިރޭ ބޭއްވި ހިނގާލުމުގައި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ.--ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

  • އެމްޑީޕީން އަވަސް އިންތިޚާބަކަށް ގޮވާލައި މަގުތަކުގައި މިރޭ ކުރި މުޒާހަރާގައި ފުލުހުން ހަރަކާތްތެރިވަނީ.--ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

  • އެމްޑީޕީން އަވަސް އިންތިޚާބަކަށް ގޮވާލައި މަގުތަކުގައި މިރޭ ކުރި މުޒާހަރާގައި ފުލުހުން މީހަކު ހައްޔަރުކުރަނީ.--ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

  • އެމްޑީޕީން އަވަސް އިންތިޚާބަކަށް ގޮވާލައި މަގުތަކުގައި މިރޭ ކުރި މުޒާހަރާގައި އާއްމުންނާއި ސިފައިން ޝީލްޑްތައް ކޮއްޕަނީ.--ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

  • އެމްޑީޕީން އަވަސް އިންތިޚާބަކަށް ގޮވާލައި މަގުތަކުގައި މިރޭ ކުރި މުޒާހަރާގައި އާއްމުންނާއި ސިފައިން ޝީލްޑްތައް ކޮއްޕަނީ.--ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

އެމްޑީޕީގެ މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނުކުމެ އަވަސް އިންތިޚާބަކަށް މިރޭ ގޮވާލައިފި އެވެ.

އުސްފަސްގަނޑުގައި މިރޭ ބޭއްވި އެ ޕާޓީގެ ޚާއްސަ ޖަލްސާއަކަށް ފަހު، މަގުމައްޗަށް ނުކުމެ، އަވަސް އިންތިޚާބަކަށް ގޮވާލަމުން ހިނގާފައި ގޮސް ހިލާލީގެ ސަރަހައްދު ކައިރި އަށް ދިޔަ އިރު ސިފައިންނާއި ފުލުހުން ވަނީ އެ ތަން ބްލޮކްކޮށްފަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިނގާލުމުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ. ނަމަވެސް ނަޝީދު ފަހުން ވަނީ މުޒާހަރާއާ ވަކިވެވަޑައިގެންފަ އެވެ.

މުޒާހަރާގައި ބައިވެރިވި މީހުން ހިލާލީގެ ސަރައްހައްދުގައި، ސަލްސާ ރޯޔަލް ހިސާބުގައި، މަޑުކޮށްގެން އިރުތަކެއް ވަންދެން ތިއްބެވެ. އަދި ސިފައިންނާއި ފުލުހުން ވެސް މަގު ބްލޮކްކޮށްގެން ޝީލްޑާ އެކު އެތުރިގެން ތިއްބެވެ. ނަމަވެސް ބެރިކޭޑް ކޮއްޕަން ފެށުމުން 12:00 ހާއިރު މުޒާހަރާ ރޫޅާލައި ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އޭގެ ފަހުން ފަރީދީމަގާއި ޗާނދަނީމަގު ގުޅުނު ހިސާބަށާއި ޗާންދަނީމަގާއި މަޖީދީމަގު ގުޅުނު ހިސާބަށް ވެސް އެއްވި އެވެ. ނަމަވެސް ފުލުހުން ވަނީ އެ ދެެ ތަނުން އެއްވުން ރޫޅާލާފަ އެވެ. އަދި ޗާންދަނީމަގާއި ފަރީދީމަގު ގުޅުނު ހިސާބުގެ ހަތަރު ފަަރާތުން ޝީލްޑާއި އެކު ތިބި ފުލުހުން މަގު ބައްދާލުމަށްފަހު މީހުން އެސަރަހައްދުން ފޮނުވީ ސްކްރީން ކުރުމަށްފަހުއެވެ. މީގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައިވެއެވެ.

ރައީސް މުހައްމަދު ވަހީދު ދިރިއުޅުއްވާ ގެ ހުންނަ ސަރަހައްދު ކައިރި އަށް މީހުން އެއްވި އިރު އެ މަނިކުފާނު މިރޭ ވަނީ ޗައިނާ އަށް ފުރާވަޑައިގެންފަ އެވެ.

އުސްފަސްގަނޑުގައި ނަޝީދު މިރޭ ވިދާޅުވީ މިއީ މިލިޓަރީ ވެރިކަމެއް ކަމަށާއި އެމްޑީޕީ އަނބުރާ ވެރިކަމަށް އަންނާނެ ކަމަށެވެ. އަދި އޭރުން "ފްލެޓް ދޮންބެ ފްލެޓް އަޅައިދޭނެ" ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫން ކަމަށް ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) އިން ނިންމާފައި ވަނިކޮށް ފުލުހުންނާ ދިމާލަށް "ބާޣީ" ގޮވާ މީހުން ހައްޔަރުކުރާނެ ކަމުގެ އިންޒާރުދީ، އެ ގޮތަށް އަމަލުކުރަމުންދާ އިރު އެމްޑީޕީގެ މިރޭގެ މުޒާހަރާގައި ވެސް ސަރުކާރުގެ އިސް ބޭފުޅުންނަށް ނިސްބަތްކޮށް "ބާޣީ" ގޮވައި އެ ބޭފުޅުން ހައްޔަރުކުރުމަށް ވަނީ އަޑުއުފުލާފައެވެ. އޭގެ ތެރޭގައި ރައީސް ވަހީދާއި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ހިމެނިވަޑައިގަންނަވަ އެވެ. މުޒާހަރާގެ ބައިވެރިން އެއް އަޑަކުން "ބާޣީ، ބާޣީ" ވެސް ވަނީ ގޮވާފަ އެވެ.

ނަޝީދު ވެސް މިރޭ އުސްފަސްގަނޑުގައި ވާހަކަފުޅު ދައްކަވަމުން "ބާޣީ ރިޔާޒު" އަދި "ބާޣީ ނާޒިމް" އޭ ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ އެ ބޭފުޅުން ތިއްބެވީ ބަޣާވާތްކޮށްގެން ކަމަށް އަދިވެސް ތުހުމަތުކުރައްވާ ކަމަށާއި އެ ބޭފުޅުންގެ އަމަލުތަކާ މެދު ހިތާމަކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވެފައި ވަނީ އިސްތިއުފާދެއްވި ކޯނީގެ މެމްބަރު ގަހާ އަހުމަދު ސައީދުގެ ކަންބޮޑުުވުންތަކާ އެކު އެ ކޮމިޝަންގެ ރިޕޯޓް ބަލައިގަންނަ ކަމަށެވެ.

28 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait