ރީކޯ މޫސަ

އެމްޑީޕީ މެމްބަރުންގެ މައްޗަށް ދައުވާކުރުން ފަސްކޮށްދިނުމަށް އެދެފި

ހުސައިން ފިޔާޒު މޫސާ
02 ސެޕްޓެމްބަރ 2012 16:25 66 ކޮމެންޓު
  • ޕީޖީއާ ބައްދަލުކުރެއްވުމަށް ފަހު މޫސާ މަނިކު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް

  • ޕީޖީއާ ބައްދަލުކުރެއްވުމަށް ފަހު މޫސާ މަނިކު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް

  • ޕީޖީއާ ބައްދަލުކުރެއްވުމަށް ފަހު މޫސާ މަނިކު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް

ކޯނީގެ ރިޕޯޓުގައި ބުނެފައިވާ މައްސަލަތައް ބަލައި ނިމެންދެން، އެމްޑީޕީގެ މެމްބަރުންގެ މައްސަލަތަކުގައި ދައުވާކުރުން ފަސްކޮށްދިނުމަށް އެމްޑީޕީން މިއަދު އެދެފި އެވެ.

އެމްޑީޕީގެ މެމްބަރުންގެ މައްސަލަތައް ފަސްކޮށް އެމްޑީޕީގެ ޗެއާޕާސަން މޫސާ މަނިކު އެދިވަޑައިގެންނެވީ ޕްރޮސިކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމަށް ފަހު ޕީޖީ އޮފީހުގެ ކުރިމަތީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ފެބްރުއަރީ 7 އަށް ފަހު، އެމްޑީޕީގެ މުޒާހަރާތަކުންނާއި އިހްތިޖާޖުތަކުން 1،000 އަށް ވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، 200 އަށް ވުރެ ގިނަ މީހުންގެ މައްޗަށް އެކި ކުށްކުށުގައި ދުއުވާކުރަން ޕީޖީ އަށް ފޮނުވާފައިވާ ކަމަށެވެ. އަދި 70 އަށް ވުރެ ގިނަ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރަން ފޮނުވާފައިވާ ކަމަށެވެ.

މޫސަ އިތުރަށް ވިދާޅުވީ ގާނޫނުގައި ބުނެފައިވާ ކަންކަން ކުރުމަށް ގާނޫނު މަނާ ނުކުރާއިރު، އެމްޑީޕީގެ މުޒާހަރާތަކުން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރަމުންދާތީ ފުލުހުން މީހުން ހައްޔަރުކުރަމުންދަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމަށް ޕީޖީއަށް ދެންނެވި ކަމަށެވެ. އަދި އެކި މައްސަލަތަކުގައި ރަށްރަށުން މާލެ ގެނެސްފައިވާ މީހުންގެ މައްސަލަތައް އެބައެއްގެ ރަށުގައި ބެލޭނެ ގޮތް ހަދައިދިނުމަށް ވެސް ދެންނެވި ކަމުގައި މޫސަ ވިދާޅުވި އެވެ.

66 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait