ސިޔާސީ

ސަރުކާރުގައި އެމްޑީޕީ ބައިވެރި ނުކުރަން ނިންމައިފި

03 ސެޕްޓެމްބަރ 2012 20:44 105 ކޮމެންޓު
  • މިދިޔަ ހުކުރު ދުވަހުގެ ރޭ ޗައިނާ އަށް ފުރާވަޑައިގަތުމުގެ ކުރިން ރައީސް ވަހީދު މީޑިއާ އަށް މައުލޫމާތު ދެއްވަނީ. --ހަވީރު ފޮޓޯ: އިބްރާހިމް ފާއިދު

ސަރުކާރުގައި އެމްޑީޕީ ބައިވެރިނުކުރަން ރައީސް މުހައްމަދު ވަހީދު ނިންމަވައިފި އެވެ.

ރައީސް ވަހީދުގެ ޕޮލިޓިކަލް އެޑްވައިޒަރު އަހުމަދު ތައުފީގު (ޓޯޕީ) މިރޭ ވިދާޅުވީ ރައީސް ވަހީދު ވަނީ ސަރުކާރު ހިންގާ ކޯލިޝަންގައި އިތުރު ޕާޓީއެއް ބައިވެރި ނުކުރައްވަން ނިންމަވާފައި ކަމަށާއި އެއީ އެއްވެސް ޕާޓީއެއްގެ ނުފޫޒެއް ނެތި އެ މަނިކުފާނު އަމިއްލަފުޅަށް ނިންމެވި ނިންމެވުމެއް ކަމަށެވެ.

އޭގެ އިތުރުން ޓޯޕީ ވިދާޅުވީ އަވަސް އިންތިޚާބަކަށް ވާހަކައެއް ދެއްކޭނެ ޖާގައެއް މިހާރު ނެތް ކަމަށާއި އެހެންކަމުން އެކަމާ މެދު ސަރުކާރުން މަޝްވަރާއެއް ވެސް ނުކުރާނެ ކަމަށެވެ.

ސަރުކާރަކީ ގާނޫނީ ގޮތުން ސައްހަ ސަރުކާރެއް ކަމަށް ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީން ކަނޑައަޅާފައިވާ ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ވާހަކަތަކުގައި އަވަސް އިންތިޚާބެއްގެ މައްސަލަ ހިމަނަން އެމްޑީޕީން ބޭނުންވިޔަސް އެކަމެއް ނުވާނެ ކަމަށެވެ. އަދި އެ ޕާޓީން ލީޑާސް ޑައިލޮގަށް އަންނަންވީ، ސަރުކާރުގައި އެމްޑީޕީ އަށް ބައިވެރިނުވެވޭނެ ކަމާއި އަވަސް އިންތިޚާބެއްގެ ވާހަކަ ނުދެއްކޭނެ ކަން ގަބޫލުކޮށް، އިތުރު އެއްވެސް ޝަރުތެއް ނެތި ކަމަށް ވެސް އެޑްވައިޒަރު ވިދާޅުވި އެވެ.

105 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait