ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހެންވޭރުކޮޅު ގެއަކުން މިރޭ ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިރޭ 7:30 އެހާއިރު ފުލުހުން ހ.މެރީގޯލްޑް ވިލާ ފާސްކޮށް ތިން ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު އެ ގެެއިން ދެ އަންހެނުންނާއި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ ގެއިން ފެނުނީ ހެރޮއިން ކަމަށް ބެލެވޭ ކަމަށެވެ. އަދި ހައްޔަރުކުރި މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދާ ބައެއް ކަމަށް ބެލެވޭ ކަމުގައި ވެސް ފުލުުހުން ބުންޏެވެ.
ފުލުހުން ބުނީ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުގެ ގުޅިގެން ހިންގި މި އޮޕަރޭޝަން މިހާރު ވެސް ދަނީ ކުރިއަށް ކަމަށެވެ.
15 comments