ހަށި ވިއްކަމުން ދިޔަ ކަމަށް ތުހުމަތުކުރެވޭ ބިއުޓީ ސެލޫނަކުން ފުލުހުން ވަދެ، އެތަނުން މިރޭ ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަ ހަސަން ހަނީފު ވިދާޅުވީ މިރޭ ފުލުހުން ރެއިޑްކުރީ ހ. ފިލެޑެލްފިޔާގައި ހިންގަމުންދާ ސޮންޑޯ ބޮން ބިއުޓީ ކެއާ އެންޑް ސެލޫން ކަމަށެވެ. ޝަހީދު އަލީ މިސްކިތް ކައިރީގައި ހުންނަ އެތަނުން ހައްޔަރުކުރީ ތައިލެންޑް ތިން އަންހެނަކާއި ދިވެހި ފިރިހެނެއް ކަމަށް ހަނީފު ވިދާޅުވި އެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި ސެލޫނަށް ފުލުހުން ވަން އިރު، އެ ތަނުގައި ބަޔަކު ބަރަހަނާކޮށް ތިއްބެވެ.
ބަދު އަހްލާގީ އަމަލު ހިންގާ ކަމަށް ތުހުމަތުކުރެވި، ގިނަ އަދަދެއްގެ ބިއުޓީ ސެލޫންތައް މި ފަހަކަށް އައިސް ބަންދުކޮށް އެ ތަންތަނުން ބިދޭސީންނާއި ދިވެހިން ވެސް ހައްޔަރުކޮށްފައިވެ އެވެ.
ފޮޓޯ އިން ހަބަރު
21 comments