ފޯނެއް ފޭރިގަނެގެން ދިޔަ ބަޔަކު ފިލަ ދުއްވި ސައިކަލަކުން ޖެހި މިދިޔަ އަހަރުގެ އޯގަސްޓް 17 ވަނަ ދުވަހު ޖަސްޓިސް ބިންޑިންގް ކައިރީގައި ހިނގި އެކްސިޑެންޓުގައި މީހަކު މަރުވި މައްސަލާގައި، ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް މާދަމާ ހާޒިރުކުރަން ނިންމައިފި އެވެ.
އެ ކޮމިޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ އަލީ ވަހީދު މިރޭ ވިދާޅުވި ގޮތުގައި ޕޮލިސް ކޮމިޝަނަރު ހާޒިރު ކުރައްވަނީ މާދަމާ ހެނދުނު 00: 11 އަށެވެ.
ފޯނެއް ފޭރިގަނެގެން ދިޔަ ބަޔަކު ފިލަން ދުއްވި ސައިކަލަކުން ޖެހި މަރުވެފައި ވަނީ ސ. ހިތަދޫ ރަތްފުސްގޭ އަބްދުﷲ ގާސިމް އިބްރާހިމް، 43 އެވެ. އޭނާ މަރުވެފައި ވަނީ، ފިލަން ދުއްވި ސައިކަލު އަންނަން ފެށުމުން އޭނާ ސައިކަލްގައި ގޮސް މަގުގެ އެއް ފަރާތަކަށް މަޑުކުރަނިކޮށެވެ. ފިލަން ދުއްވި ސައިކަލް ހުއްޓުވަން ފުލުހުންގެ ދެ މީހަކު މަގު މެދަށް ނުކުމެ އޭގެ ތެރެއިން އެއް ފުލުހަކު އެ ސައިކަލާ ދިމާލަށް މުގުރި ބުރި ހޫރާތަން، މީގެ ދުވަސްކޮޅެއް ކުރިން އާންމުވި ވީޑިއޯއަކުން ފެނެ އެވެ. މުގުރި ބުރި ހޫރާލާ ފުލުސް މީހާގެ ގައިން އެ ސައިކަލު ނައްޓާލުމާއެކު ގޮސް ޖެހެނީ އެ ވީޑިއޯ އިން ފެންނަ ގޮތުގައި ފުލުހުންގެ ފަހަތުން ސައިކަލެއް މަތީގައި އިން ގާސިމްގެ ސައިކަލުގަ އެވެ. އެއާއެކު ގާސިމް ވިއްސައިގެން ދާ ތަން ފެނެ އެވެ.
މި އެކްސިޑެންޓުގައި ގާސިމް މަރުވެފައި ވަނީ ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭ ކަމަށް، އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވި ހިތަދޫ އުތުރު ދާއިރާގެ މުހަންމަދު އަސްލަމާއި ހުޅުމީދޫ ދާއިރާގެ އިލްޔާސް ލަބީބް ވިދާޅުވެ އެވެ.

ޖޭއެސްސީގެ މެމްބަރު ރޭނިސް ސަލީމް ޕޮލިހަށް ހާޒިރުުކުރުން
27 comments