ހަނިމާދޫ އެއާޕޯޓް

ހަނިމާދޫ އެއާޕޯޓުން ބައިނަލްއަގުވާމީ ދަތުރުތައް ފެށުން ރައީސް އިފްތިތާހުކޮށްދެއްވައިފި

ފަޒީނާ އަހުމަދު
02 ފެބުރުއަރީ 2013 17:07 7 ކޮމެންޓު
 • ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމަށް ޓަކައި މިއަދު ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

ހދ. ހަނިމާދޫ އެއާޕޯޓުން ބައިނަލްއަގުވާމީ ދަތުރުތައް ފެށުން ރައީސް މުހައްމަދު ވަހީދު މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.

ހަނިމާދޫން ޓްރިވެންޑްރަމަށް ދަތުރު ފެށުން ރައީސް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ދަތުރުތައް އިފްތިތާހުކޮށްދެއްވުމަށް ރައީސް ވަނީ އެއާޕޯޓު އާ ނަން ބޯޑުގެ ފަރުދާ ކައްސަވައިދެއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ހަނިމާދު އާއި ޓްރިވެންޑްރަމާ ދެމެދު ފުރަތަމަ ދަތުރުކުރަނީ 50 ގޮނޑި ހިމެނޭ މޯލްޑިވިއަންގެ ޑޭޝް ބޯޓުފަހަރެވެ. އެ ރަސްމިއްޔާތުގައި އެމްބީސީގެ ޓީވީއެމް މެދުވެރިކޮށް، އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން ހަސަން ނަޝާތު ވިދާޅުވީ ފުރަތަމަ ފްލައިޓް ހަނިމާދޫން ޓްރިވެންޑްރަމަށް ފުރާގޮތަށް ހަމަޖައްސާފައި ވަނީ މިރޭ 1:15 ގައި ކަމަށެވެ. އެ ދަތުރަށް ފަހު، ކޮންމެ ހަފުތާއަކު ވެސް ދެ ފްލައިޓް ބޭއްވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަނިމާދޫން ބޭރަށް ފުރާ މީހުންނަށް އެއްވެސް ދައްޗަކާ ކުރިމަތިލާން ނުޖެހި ވިސާ ލިބޭގޮތް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ. ޓޫރިސްޓު ވިސާގެ ގޮތުގައި ބޭރަށްދާން ބޭނުންވާ މީހުންނަށް ދަތިތަކެއް ނެތި މިހާރު ވެސް ފުރޭނެ ކަމަށް ނަޝާތު ވިދާޅުވި އެވެ.

ހަނިމާދޫ/ޓްރިވެންޑްރަމް އެއްކޮޅު ޓިކެޓް ބޮޑު މީހަކަށް ނަމަ އުޅެނީ 111 ޑޮލަރަށެވެ. ދެ އަހަރުން ދަށުގެ ކުޑަކުދިންނަށް އެ ދަތުރުތަކުގެ އެއްކޮޅު ޓިކެޓް ވިއްކަނީ ނުވަ ޑޮލަރަށެވެ. ދެ ކޮޅަށް ނަމަ 18 ޑޮލަރަށެވެ. އަދި ދެ އަހަރުން މަތީގެ ކުދިންގެ އެއްކޮޅު ޓިކެޓް ވިއްކަނީ 94 ޑޮލަރަށެވެ. ދެކޮޅަށް ނަމަ 172 ޑޮލަރެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

7 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait