ސިޔާސީ

އެމްޑީޕީއާ ގުޅިއްޖައިން: ޝާހިދު

18 އެޕްރީލް 2013 11:04 139 ކޮމެންޓު
  • ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު.

އެމްޑީޕީއާ މިއަދު ގުޅިވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޑީއާރުޕީން ވަކިވެވަޑައިގެންފައިވާ ޝާހިދު ޓްވިޓާގައި ދެންމެ ވިދާޅުވީ އޭނާ ގަބޫލުކުރައްވަނީ 2008 ގައި ގާއިމްކުރި ޑިމޮކްރެޓިކް ދިވެހިރާއްޖެ ކަމަށާއި ހާލަތުގެ ފައިދާ ނަގާ މީހުންނާއި ހައްދުފަހަނަޅާފައިވާ މީހުން ގައުމު ފަހަތަށް ގެންދާތަން ބަލަހައްޓަވައިގެން ނުހުންނަވާނެ ކަމަށެވެ.

ޝާހިދު އެމްޑީޕީ އަށް ސޮއިކުރެއްވުން ފާހަގަކުރުމުގެ ހަފްލާ މާދަމާ ރޭ ކާނިވަލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޖަލްސާގައި ޝާހިދު ވާހަކަދައްކަވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު މިއަދު ނޫސްވެރިނަށް ވިދާޅުވި އެވެ.

ޝާހިދުގެ ޓްވީޓް

139 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait