މޯލްޑިވިއަން ޑިމޮކްރެޓިކް
ޕާޓީ (އެމްޑީޕީ) އިން ހިންގަމުން ގެންދާ ސިލްސިލާ މުޒާހަރާތައް ހުއްޓުމަކަށް ގެނެސް،
ސިޔާސީ ހުރިހާ ޕާޓީތަކުގެ މެދުގައި ވާހަކަ ދެއްކުމަށް އެއްބަސްވާކަން
އިއުލާނުކުރުމުން ސަރުކާރުން މިއަދު އެކަމަށް މަރުހަބާ ކިޔައިފި އެވެ.
ނަމަވެސް އެމްޑީޕީން އެ ގޮތަށް އިއުލާނުކުރުމާ ގުޅިގެން، އެމްޑީޕީ އަށް ނިސްބަތްވާ ފަރާތްތަކުން ސަރުކާރުގެ އިސްވެރިންނަށާއި ރާއްޖޭގެ ސިފައިންނާއި ފުލުހުންނަށާއި އެމީހުންގެ އާއިލާތަކަށް ގެއްލުން ދިނުމަށް ގޮވާލާ ގޮވުންތަކާއި ކުރަމުންދާ ފުރައްސާރަތަކަށް ނިމުމެއް އަންނަންޖެހޭނެ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވެ އެވެ.
ހުރިހާ ސިޔާސީ ޕާޓީތަކުގެ މެދުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ސުލްހަވެރި ޕޮލިޓިކަލް ޕާޓީ ޓޯކްސް ކުރިއަށް ގޮސްފައިނުވަނީ އެޖެންޑާގެ ފުރަތަމަ ނަންބަރުގައި ބަޔާންވެގެންވާ ގޮތުގެ މަތިން ސުލްހަވެރި މާހައުލެއް ގާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އެމްޑީޕީން އެއްބަސްނުވުމުގެ ސަބަބުން ކަމަށް ބަޔާނުގައިވެ އެވެ.
"ނަމަވެސް މިހާރު އެމްޑީޕީން އިޢުލާނުކުރި ކުރުމާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ މެދުގައި ޕޮލިޓިކަލް ޕާޓީ ޓޯކްސް ކުރިއަށް ގެންދެވޭނެ ކަމަށް ސަރުކާރުން ގަބޫލުކުރަމެވެ. އަދި އަލުން ޕާޓީ ޓޯކްސް ފަށާނެ ތާރީޚެއް ކަނޑައެޅުމަށް ކުރަން ހުރި މަސައްކަތްތައް، ޕޮލިޓިކަލް ޕާޓީ ޓޯކްސްގެ ވިލަރެސްވެރިޔާއާ ގުޅިގެން ސަރުކާރުން ކުރާނެއެވެ،" ބަޔާނުގައިވެ އެވެ.
"މި ފުރުސަތުގައި ސިޔާސީ ޕާޓީތަކުގެ މެދުގައި ސުލްހަވެރިކަމާއެކު މަޝްވަރާކޮށް، ރާއްޖޭގައި ސުލްހަވެރި މާހައުލެއް ގާއިމް ކުރަން ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭފަދަ އެއްވެސް އަމަލެއް، އެއްވެސް ފަރާތަކުން ނުކުރުމަށް ސަރުކާރުން ގޮވާލަމެވެ."

އެންޓި ޓެރަރިޒަމް ތަމްރީން ނިމުން
22 comments