ދިވެހި ނަން : އަންނާރު
އަންނާރުގެ ކޮންމެ 100 ގްރާމް ގައި
ހަކަތަ 38 ކިލޯކެލަރީ
ފެޓް 18.70 ގްރާމް
ކާބޯހައިޑްރޭޓް 1.67 ގްރާމް
ޕްރޮޓީން 1.17 ގްރާމް
ފައިބަރު 4 ގްރާމް
ފޮލިކް އެސިޑް 38 މައިކްރޯ ގްރާމް
ނިއެސިން 0.293 މިލިގްރާމް
ޕެންތޮނިކް އެސިޑް 0.135 މިލިގްރާމް
ޕައިރިޑޮކްސިން 0.075 މިލިގްރާމް
ރައިބޯފްލެވިން 0.053 މިލިގްރާމް
ތިއެމިން 0.67 މިލިގްރާމް
ވިޓަމިން ސީ 10.2 މިލިގްރާމް
ވިޓަމިން އީ 0.60 މިލިގްރާމް
ވިޓަމިން ކޭ 16.4 މައިކްރޯ ގްރާމް
ސޯޑިއަމް 3 މިލިގްރާމް
ޕޮޓޭސިއަމް 236 މިލިގްރާމް
ކެލްސިއަމް 10 މިލިގްރާމް
ކޮޕަރ 0.158 މައިކްރޯގްރާމް
ދަނގަޑު 0.30 މިލިގްރާމް
މެގްނީޒިއަމް 12 މިލިގްރާމް
މެންގަނީޒް 0.119 މިލިގްރާމް
ފޮސްފަރަސް 36 މިލިގްރާމް
ސިލެނިއަމް 0.5 މިލިގްރާމް
ޒިންކް 0.35 މިލިގްރާމް
އަންނާރަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މީރު މޭވާ އެކެވެ. އަންނާރު ބޭނުންކުރުމުން، ލޭހޮޅިތަކުގެ ތެރޭގައި ސަރުބީ ޖަމާވުން ހުއްޓުވައި، ލޭހޮޅި ބެދުނަ ނުދީ ހިފަހައްޓައިދެ އެވެ. އަދި އަދި ލޭގައި ނުރަގަޅު ސަރުބީގެ އަދަދު ދަށްކޮށް، ރަގަޅު ސަރުބީގެ މިންވަރު އިތުރުކުރުވަ އެވެ. މިކަންކަމަކީ ހާޓް އެޓޭކްޖެހުން، ސްޓްރޯކްޖެހުން، ލޭމައްޗަށްދިއުން ފަދަ ހިތާއި ލޭހޮޅިތަކާ ގުޅުންހުރި ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭނެ ކަންކަމެވެ.
އަންނާރަކީ އެންޓި އޮކްސިޑެންޓްތަކުގެ ގޮތުގައި ބެލެވޭ ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން އީ އަދި ފޮލިކް އެސިޑުން މުއްސަދި މޭވާ އަކަށް ވުމުން، އަންނާރު ބޭނުންކުރުމުން އޭގައި ހިމެނޭ ތަފާތު އެންޓިއޮކްސިޑެންޓްތައް، އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރު އަދި ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ.
އަންނާރުގައި ދަގަނޑު ގިނައިން ހުރެ އެވެ. ނަތީޖާއެއްގެ ގޮތުން، ލޭމަދުވުމުން މެދުވެރިވާ ވަރުބަލިވުން، ބޯއެނބުރުން، ވަރުދެރަވުން ފަދަ މައްސަލަތަކަށް ލުއިކަން ގެނެސްދެ އެވެ. މައިމީހާ އަންނާރު ޖޫސް ބޭނުންކުރުމަކީ ތުއްތު ދަރިފުޅުގެ ސިކުނޑިއަށް ލިބޭ އަނިޔާތަކުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. އަދި އަންނާރު ޖޫސް ބޭނުންކުރުމަކީ މަޑުކަށި ހަލާކުވުން ހުއްޓުވުމަށް އެހީތެރިވެދީ، ދަތުގައި މެރަޖެހުން ހުއްޓުވައިދޭނެ ކަމެކެވެ.
އަންނާރު ބޭނުންކުރުމުން ލިބިދޭ އެހެން ފައިދާ ތަކުގެ ތެރޭގައި ދަތާއި ހިރުގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުން، ލޮލުގެ ފެނުން ސާފުވެ ރަގަޅުވުން، ބަނޑުގައި ރިހުން ލުއިކޮށްދިނުން، ދުވަސްނުފުރާ ވިހެއުމުގެ ފުރުސަތު ކުޑަކޮށްދިނުން، ތުއްތު ދަރިފުޅުގެ ބަރުދަން ލުއިވިޔަނުދީ ހިފެހެއްޓުން، ކަރުތެރެ ސާފުކޮށް، ކަރުތެރެ ހަލާކުވުމުން ދުރުކޮށްދިނުން، ތަފާތު ޖަރާސީމުތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލްކަން ހަށިގަނޑަށް ލިބުން އަދި ދިފާއީ ބާރު ރަގަޅުކުރުން ފަދަ ކަންތައްތައް ހިމެނެ އެވެ.

ކުނި ވަސް ގަދަވެގެން ކުރި މުޒާހަރާ
7 comments