ރާއްޖެއެކޭ އެއްގޮތަށް މިއަދު ރޯދަ ހިފަން ފެށި ގައުމުތަކުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާ، މިޞްރު، އެމިރޭޓްސް، ގަތަރު، ޖޯޑްން، އަލްޖީރިއާ، ތޫނިސް، ލީބިޔާ، ބަހްރައިން، ކުވައިތު، ޔަމަން، ލުބްނާން، ފަލަސްޠީން ހިމެނެ އެވެ. މޮރޮކޯ އާއި ސޫރިޔާ އަށް މުލަ ރޯދަ ދުވަހަކީ މާދަމާ އެވެ.
ލުބްނާންގެ ސުންނީ ފަތުވާ އިދާރާ އިން ނިންމާފައިވަނީ މިއަދަކީ މުލަ ރޯދަ ކަމަށެވެ. ނަމަވެސް ލުބްނާންގެ ޝީޢީން ނިންމާފައިވަނީ މިއަދަކީ ޝައުބާން މަހުގެ 30 ދުވަސް ކަމަށާއި މުލަ ރޯދަ ދުވަހަކީ މާދަމާ ކަމަށެވެ.
އިރާގުގެ ސުންނީން ނިންމާފައިވަނީ މުލަ ރޯދަ ދުވަހަކީ މާދަމާ ކަމުގަ އެވެ. ޝީއީން ނިންމާފައިވަނީ މިއަދަކީ ޝައުބާން މަހުގެ 29 ދުވަސް ކަމަށާއި މިރޭ ހަނދު ފެނޭތޯ ބެލުމަށް ފަހު ގޮތެއް ނިންމުމަށެވެ. މިރޭ ހަނދު ނުފެނިއްޖެ ނަމަ އިރާގުގެ ޝީއީން ރޯދަ ހިފަން ފަށާނީ އާދީއްތަ ދުވަހު އެވެ.
ސޫރިޔާ އާއި މޮރޮކޯ އަދި އުންމާން އަށް މިއަދަކީ ޝައުބާން މަހުގެ 30 ވަނަ ދުވަހެވެ. އެ ގޮތަށް ނިންމީ އެ ގައުމުތަކަށް ރޭ ރަމަޟަން މަހުގެ ހަނދު ސާބިތުނުވުމުންނެވެ. ނަމަވެސް ސޫރިޔާގެ ސަރުކާރާ އިދިކޮޅު ޖަމާއަތުން ވަނީ މިއަދަކީ މުލަ ރޯދަ ދުވަސް ކަމަށް އިއުލާންކޮށްފަ އެވެ.
މިއަދަކީ ޝައުބާން މަހުގެ 29 ދުވަސް ކަމަށް ބަލައި މިރޭ ހަނދު ބަލާ ގައުމުތަކުގެ ތެރޭގައި އަވައްޓެރި ސްރީ ލަންކާ އާއި ޕާކިސްތާން ހިމެނެ އެވެ. އެހެން ކަމުން މިރޭ އެ ދެ ގައުމަށް ހަނދު ނުފެނިއްޖެ ނަމަ، އެ ދެ ގައުމުގައި ރޯދަ ހިފަން ފަށާނީ، މާދަމާއަކީ ޝައުބާން މަހުގެ 30 ދުވަސް ކަމަށް ބަލައި، 22 ޖުލައި ވާ އާދީއްތަ ދުވަހު އެވެ.

ޖޭއެސްސީގެ މެމްބަރު ރޭނިސް ސަލީމް ޕޮލިހަށް ހާޒިރުުކުރުން
6 comments