ވައްކަމާއި ފޭރުން

ގެއަކުން ގެއްލުނު އެއްޗެހިތަކެއް ގޯންޏަކަށް އަޅައިގެން އުޅުނު މީހަކު ކުށްވެރިވެ އަރުވާލަން ހުކުމްކޮށްފި

މުއިއްޒު އިބްރާހިމް
08 އޯގަސްޓް 2012 13:49 3 ކޮމެންޓު
  • ޝަމާހު: ވައްކަން ކުރިކަން ސާބިތުވެ އޭނާ އަރުވާލަން ވަނީ ހުކުމްކޮށްފައި --ހަވީރު ފައިލް ފޮޓޯ

ގެއަކުން ގެއްލުނު އެއްޗެހިތަކެއް ގޯންޏަކަށް އަޅައިގެން އުޅުނު މީހެއްގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުވެ އެއް އަހަރަށް އަރުވާލަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު އެ ހުކުމްކޮށްފައިވަނީ މާލޭ މުނިސިޕަލްޓީ

ާހާއްސަ ދަފްތަރު ނަމްބަރު 1264 ޝަމާހް މޫސާ ދީދީގެ މައްޗަށެވެ.

އެ ކޯޓުން މިއަދު ކުރި ހުކުމުގަިއވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ވަގުތެއްގައި ހ. ކޯޒީރައުންޑުން ގެއްލިފައިވާ ތަކެތި ޝަމާހުގެ އަތުގައި އޮތް ގޯންޏަކުން ފެނިފައިވާކަން އޭނާގެ ބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. ވައްކަން ކުރި ކަމަށް ޝަމާހްގެ މައްޗަށް ސާބިތުވީ އެ ގޯނި އޭނާ އަށް ލިބުނު ގޮތެއް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާތީ އެވެ.

މިއީ ވައްކަން ކުރުމުގެ ކުށް ޝަމާހްގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވާތީ ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ ހ. ގެ ދަށުން ހަ މަހަށް އަދި އޭނާ ވައްކަންކޮށްފައި ވަނީ މީހުން ދިރިއުޅޭ ތަނަކުން ކަމަށްވާތީ ހަ މަހަށް އަރުވާލަން ވަނީ ހުކުމް ކޮށްފަ އެވެ.

ޝަމާހުގެ ވަނީ 2008 ވަނަ އަހަރުގެ ފަހުކޮޅު ޖަނަވަރީ މަގުގައި ވަޅިން ހަމަލާދީ މަރާލި ސާމިރު އަބްދުލް މުއީންގެ މަރުގެ މައްސަލާގައި ''ގަސްދުގައި މީހަކު މަރާލުމުގެ'' ކުށުގެ ދައުވާ ކޮށްފަ އެވެ. އޭރު އޭނާ އަށް 18 އަހަރު ނުވާތީ ކުޑަކުދިންގެ ކޯޓުގައި ކުރި ދައުވާ ޝަމާހްގެ މައްޗަށް ސާބިތެއް ނުވި އެވެ.

3 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait