ކުޅިވަރު

ވީބީގެ ނަން ވީބީ އައްޑޫ އެފްސީ އަށް ބަދަލުކޮށްފި

ހަސަން ޝިފާން
15 ޖެނުއަރީ 2012 09:46 20 ކޮމެންޓު
 • ރޭ ބޭއްވި ވީބީ ސްޕޯޓްސްގެ އަހަރީ އާންމު ޖަލްސާ.--ހަވީރު ފޮޓޯ/މުހައްމަދު ވަހީދު

 • ރޭ ބޭއްވި ވީބީ ސްޕޯޓްސްގެ އަހަރީ އާންމު ޖަލްސާ.--ހަވީރު ފޮޓޯ/މުހައްމަދު ވަހީދު

 • ރޭ ބޭއްވި ވީބީ ސްޕޯޓްސްގެ އަހަރީ އާންމު ޖަލްސާ.--ހަވީރު ފޮޓޯ/މުހައްމަދު ވަހީދު

ވީބީ ސްޕޯޓްސްގެ ނަން ވީބީ އައްޑޫ ފުޓްބޯލް ކްލަބަށް ބަދަލުކުރުމަށް ރޭ އޮތް އެ ކްލަބުގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ.

ކުރިއަށް އޮތް ދެ އަހަރަށް ވީބީގެ އާ ހިންގާ ބޯޑު އިންތިހާބުކުރުމަށް ކަލާފާން ސްކޫލްގައި ބޭއްވި އެ ކްލަބުގެ ފުރަތަމަ އަހަރީ އާންމު ޖަލްސާގައި ކްލަބުގެ ނަމާ އެކު، ކްލަބު ލޯގޯ އާއި ދިދަ ވެސް ބަދަލުކުރުމަށް ވަނީ ފާސްކޮށްފަ އެވެ.

އަހަރީ އާންމު ޖަލްސާ އަށް ފަހު ވާހަކަދައްކަމުން ވީބީގެ ބޯޑަށް އިންތިހާބުވެވަޑައިގަތް މުހައްމަދު ޝަވީދު ވިދާޅުވީ ވީބީގެ ނަމުގެ ތެރޭގައި އައްޑޫ ހިމެނުމަށް ކުރިން ވެސް އެ ކްލަބުން މަސައްކަތްކުރި ކަމަށެވެ.

"މި ކްލަބު މިއީ އައިއެފްސީ ވީބީ އަށް ބަދަލުވެ، ވީބީ މި ރީބްރޭންޑްކުރީ އައްޑޫ އެފްސީ އަށް. މީގެ ކުރިން ވެސް ވީބީން މަސައްކަތްކޮށްފައިވަނީ އަދި އައިއެފްސީ ޒަމާނުގައި ވެސް މަސައްކަތްކޮށްފައިވަނީ މިއަށް އައްޑޫ ލެވޭނެ ގޮތެއް ވޭތޯ. އެހެން ނަމަވެސް އޭރުގެ ހޯމް މިނިސްޓްރީން އެ ފުރުސަތު ނުލިބުނު. އެހެންވެ މިއަދު އަޅުގަނޑުމެންނަށް މި އޮތް ފުރުސަތުގައި އައްޑޫ އެ ނަން ލާން ފުރުސަތު ލިބުނީމަ އެއީ އަޅުގަނޑުމެންގެ ވަރަށް ގިނަ ސަޕޯޓަރުންގެ އެދުމަކަށް ވެދާނެ ކަމަށް ބަލައިގެން އަޅުގަނޑުމެން އޭތި މީގެ ތެރެއަށް ގެނެސްދިނީ،" ޝަވީދު ވިދާޅުވި އެވެ.

ޝަވީދު ވިދާޅުވީ ވީބީ އައްޑޫ އެފްސީ ރަސްމީކޮށް ލޯންޗްކުރުމުގެ ގޮތުން އައްޑޫގައި ހާއްސަ ހަފުލާއެއް ބޭއްވުމަށް ކްލަބުން މަސައްކަތްކުރަމުންދާ ކަމަށެވެ.

ކުރިން އައްޑޫގެ ވިޔަފާރިވެރިންތަކެއް ހިންގަމުންދިޔަ އައިލެންޑް ފުޓްބޯލް ކްލަބް (އައިއެފްސީ) ގެ ނަން ބަދަލުކުރުމަށް ފަހު ފުރަތަމަ ޑިވިޝަނުގައި 2007 ވަނަ އަހަރު ވާދަކުރަން ފެށި ވީބީގެ އާ ޗެއާމަނަކަށް ރޭ އިންތިހާބުކުރީ ހަސަން ޝިޔާމެވެ. ޝިޔާމް، ،23 ވީބީގެ ޗެއާމަނަކަށް އިންތިހާބުވެވަޑައިގަތީ ޖަލްސާ އަށް ހާޒިރުވި 82 މެމްބަރުންގެ އިއްތިފާގުންނެވެ. ވީބީގެ ވައިސް ޗެއާމަނަކަށް އިންތިހާބުވެވަޑައިގަތީ ކުރިން ވެސް ބޯޑުގައި ހުންނެވި ޗެއާމަން ހަސަންގެ ބޭބޭ އަހުމަދު ޝިޔާމެވެ. ވީބީގެ ސީއީއޯއަކަށް ކުރިން ވެސް އެ މަގާމުގައި ހުންނެވި އިބްރާހިމް ގަހުތާން މުހައްމަދު ހަލީމް އިންތިހާބުވެވަޑައިގަތްއިރު، ހަޒާންދާރަކަށް އިންތިހާބުވީ އަހުމަދު މަނިކެވެ. ކްލަބުގެ ޖެނެރަލް ސެކެރެޓަރީ އަށް އަހުމަދު ހާނީ ނައީމް އިންތިހާބުވިއިރު، ކްލަބުގެ ސެކްރެޓަރީ އަށް އިންތިހާބުވީ އަހުމަދު ޝާމިންނެވެ. ކްލަބުގެ ބޯޑަށް އިންތިހާބުވި ހަ މެމްބަރުންނަކީ ކުރިން ވެސް ބޯޑުގައި ތިއްބެވި މުހައްމަދު ޝަވީދާއި އަލީ ލަތީފް (ޑިލައިޓް އައްޔަ) އާއި އަހުމަދު ހަސަން (ޗާނދަލިޔާ އަހުމަދު) އާއި އަލީ ޝިޔާމާއި މުހައްމަދު ލަތީފް އަދި މުހައްމަދު ރަޝީދެވެ.

ވީބީގެ އަސާސީ ގަވައިދަށް ރޭ ގެނައި އިސްލާހުތަކާ އެކު ކުރިއަށް އޮތް ތިން މަސް ތެރޭ އާ އިންތިހާބެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަސާސީ ގަވައިދަށް ގެނައި ބަދަލުތަކާ އެކު ވީބީގެ އޮނިގަނޑަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

20 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait