ދިރާގު ދިވެހި ލީގު

މާޒިޔާ އަތުން ވިކްޓަރީ މޮޅުވެއްޖެ

ހަސަން ޝިފާން
ހަވީރު ނިއުސް ސާވިސް، 19 އެޕްރީލް 2012 20:14 3 ކޮމެންޓު
 • ވިކްޓަރީ އާއި މާޒިޔާ މިއަދު ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު ކާމިޔާބުކުރީ ވިކްޓަރީން. -- ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

 • ވިކްޓަރީ އާއި މާޒިޔާ މިއަދު ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު ކާމިޔާބުކުރީ ވިކްޓަރީން. -- ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

 • ވިކްޓަރީ އާއި މާޒިޔާ މިއަދު ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު ކާމިޔާބުކުރީ ވިކްޓަރީން. -- ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

 • ވިކްޓަރީ އާއި މާޒިޔާ މިއަދު ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު ކާމިޔާބުކުރީ ވިކްޓަރީން. -- ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

ދިރާގު ދިވެހި ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 3-2 އިން ވިކްޓަރީ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގެ ހަތް ވަނަ މިނިޓުގައި ވިކްޓަރީ އަށް ލީޑު ހޯދައިދިނީ ކެމަރޫންގެ ފޯވަޑް ހަންސްލޭވީ އަވީލޯ އެވެ. މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކުޅުނު މިޑްފީލްޑަރު މުހައްމަދު އުމެއިރު ތަނަވަސްކޮށްދިން ފުރުސަތެއްގައި މާޒިޔާ ޕެނަލްޓީ އޭރިޔާ ތެރެއިން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލީ މިދިޔަ ސީޒަނުގައި ވެލެންސިއާ އަށް ކުޅުނު އަވީލޯ އެވެ. އެކަމަކު އޭގެ ފަސް މިނިޓު ފަހުން މާޒިޔާ އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މެޗުގެ 15 ވަނަ މިނިޓުގައި މާޒިޔާ އަށް ލިބުނު ކޯނަރަކުން ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ގޯލުގެ ތެރެއަށް އަމާޒުކޮށްލީ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. ވިކްޓަރީ ސިއްސުވާލުމަށް ފަހު މާޒިޔާ އިން ލީޑު ހޯދީ މެޗުގެ 19 ވަނަ މިނިޓުގައި އަސަދުﷲ އަބްދުﷲ ފޮނުވާލި ބޯޅައިންނެވެ.

މާޒިޔާ ކުރީގައި އޮވެ ހާފު ނިމެންދަނިކޮށް ވިކްޓަރީން ވަނީ ފުރަތަމަ ހާފު ނިމެނިކޮށް ދެ ލަނޑު ކާމިޔާބުކޮށް އަލުން ލީޑު ހޯދައިފަ އެވެ. މެޗުގެ ފަހު މިނިޓުގައި ވިކްޓަރީ އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ މިދިޔަ އަހަރު މާޒިޔާ އަށް ކުޅުނު އަކުރަމް އަބްދުލް ގަނީ އެވެ. ވިކްޓަރީ އަށް ލިބުނު ކޯނަރަކުން މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އަކުރަމް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ ބޮލުންނެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ވިކްޓަރީ އަށް ލިބުނު ކޯނަރަކުން މާޒިޔާގެ އޭރިޔާ ތެރެއަށް އައި ބޯޅަ، ބޮލުން ގޯލުގެ ތެރެއަށް ވައްދާލައި މުހައްމަދު ޝައްފާޒް (ސައްޕޭ) ވަނީ ވިކްޓަރީ އަށް ލީޑު ހޯދައިދީފަ އެވެ.

މެޗަށް ފަހު ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނީ މެޗުގައި ވިކްޓަރީ އަށް ތިން ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ ކަމަށެވެ. އަދި ލީގުގެ ފުރަތަމަ މެޗުގައި ޓީމުން ހާސިލްކުރަން ބޭނުންވި ކަންތައް ވެއްޖެ ކަމަށާއި ފުރަތަމަ ދުވަހު ޓީމުން ދައްކާ ކުޅުމަކަށް މާ ބޮޑަކަށް ނުބެލޭނެ ކަމަށެވެ.
"ފުރަތަމަ ކަމަކަށް މި މެޗުން ހާސިލްކުރަން ބޭނުންވި ކަންތައް ވިކްޓަރީ އަށް ހާސިލްވެއްޖެ،" ސުޒޭން ބުންޏެވެ.

މާޒިޔާގެ އިސްމާއިލް މަހެފޫޒް (އިންމަ) ބުނީ މެޗުން ބަލިވިޔަސް ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ.

"ފުރަތަމަ މެޗާ ބަލާފައި ކުޅުންތެރިންގެ ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ. އަހަރެމެން ކޮޅަށް ތިން ލަނޑު ވަނީ ހެދުނު މިސްޓޭކްތަކުން. އަހަރެމެންނަށް ލިބުނު ޗާންސްތައް ބޭނުންނުކުރެވުނީ،" އިންމަ ބުންޏެވެ.

މެޗުގެ ދެވަނަ ހާފުގައި މާޒިޔާގެ ކުޅުންތެރިން ވިކްޓަރީ ގޯލާ ދިމާލަށް ހުރަސްކޮށްލި ބޯޅައެއް ވިކްޓަރީ ރިލުވާން ވަހީދު (ރިލޭ) އަތުން ބައިކޮޅަށް ވަތް ނަމަވެސް، ލައިންސްމަން ވަނީ އޮފްސައިޑް ކަމަށް ދިދަ ނަގައިފަ އެވެ. އެ ނިންމުމާމެދު މާޒިޔާގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

"ރެފްރީންނަށް އެނގޭނީ ރަނގަޅަށް. އެކަމަކު އަޅުގަނޑަށް ހިޔެއްނުވޭ އެއީ އޮފްސައިޑް ލަނޑެއްހެނެއް،" އިންމަ ބުންޏެވެ.
ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި އީގަލްސްއާ ދެކޮޅަށް ނުކުންނާނީ ވިޔަންސާ އެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

3 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait