ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕް

ސިންގަލްސް ޗެމްޕިއަންކަން ޝާރިމް އާއި އަފްނާން އަށް

މުހައްމަދު ހަމްދޫން
25 އެޕްރީލް 2012 12:37
  • މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަން ޝާރިމް (ކ) އާއި އަންހެން ސިންގަލްސް ޗެމްޕިއަން އަފްނާން. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

  • މުބާރާތުގެ ފިރިހެން ޑަބަލްސް ޗެމްޕިއަން އަފްޝީން (ވ) އާއި ނަޝްފާން. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

  • މުބާރާތުގެ އަންހެން ޑަބަލްސް ޗެމްޕިއަން ޝަހުރުނާޒް (ކ) އާއި އަފްނާން. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

ނަވާރަ ވަނަ ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ މެއިން ޑްރޯ އިވެންޓުގެ ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝާރިމް އާއި އައިޝަތު އަފްނާން ރަޝީދު ހޯދައިފި އެވެ.

ޝާރިމް ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި މުހައްމަދު ނަޝްފާން އަތުން ސީދާ ދެ ސެޓުން މޮޅުވެގެންނެވެ.

އަފްނާން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ސީދާ ދެ ސެޓުން މައިސާ ފަތުހުﷲ އިސްމާއިލް އަތުން މޮޅުވެގެންނެވެ.

މުބާރާތުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ހަސަން އަފްޝީން އާއި މުހައްމަދު ނަޝްފާން އެވެ. އެއީ ފައިނަލުގައި ޝާރިމް އާއި ޒަޔާން ޒަކީ އަތުން މޮޅުވެގެންނެވެ.

އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަފްނާން އާއި އައިމިނަތު ޝަހުރުނާޒްގެ ޕެއާ އެވެ. އެއީ ރާބިއާ ނައީމް އާއި އައިމިނަތު ނަސީމާ އަތުން ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. އަފްނާން އަކީ ރާއްޖޭގެ އެއް ވަނަ ފިރިހެން ކުޅުންތެރިޔާ މުހައްމަދު އަޖުފާން ރަޝީދުގެ ކޮއްކޮ އެވެ.

މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ހުސެއިން ޒަޔާން ޝަހީދު ޒަކީ އާއި ޝަހުރުނާޒެވެ. އެއީ އަފްޝީން އާއި އަފްނާން އަތުން މޮޅުވެގެންނެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި